ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށަށް!
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.09 ޕަސެންޓް ދަށްވެފަ އެވެ.
ބާޒާރުގައި މަހުގެ އަގަށް އައި އަދަދު ނުލައި އިންފްލޭޝަން ރޭޓް ބަލައިފިނަމަ މި އަދަދު އުޅެނީ 0.08 ޕަސެންޓުގައިކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައިވެސް ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.26 ޕަސެންޓް ދަށްވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް