ބީއެމްއެލް އޭޓީއެމާއި ޕީއޯސްގެ އަޕްގްރޭޑިން މަސައްކަތްތަކެއް ހުކުރުދުވަހު ކުރަނީ
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އާއި ޕީއޯއެސްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހުކުރުދުވަހު މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަސް ތާވަލްކޮށްފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން ބުނީ އެ ދެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތަކެއް ކުރާތީވެ މިރޭ 03:00 އިން ފެށިގެން ހެނދުނު ހައެއް ޖެހުމާ ހަމަޔަށް ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
މި މެއިންޓެނަންސް ކުރިއަށްދާ ވަގުތުގެ ތެރެއިން ގާތްގަނޑަކަށް 60 މިނެޓުގެ ވަގުތަކަށް ބޭންކުގެ ބައެއް ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިދާނެ ކަމަށް ބޭންކުން ވަނީ ލަފާކޮށްފައެވެ. މެދުކެނޑިދާނެ ކަމަށް ބުނެފައިވާ ޚިދުމަތްތަކުގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތާއި، ޕީއޯއެސް (ޕޮއިންޓް އޮފް ސޭލް) ޓާމިނަލްތަކުގެ ޚިދުމަތް ހިމެނެއެވެ.
ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓް
މީގެ އިތުރުން، އެ ބޭންކުން ފޯރުކޮށްދޭ ކާޑުގެ ޚިދުމަތްތަކަށްވެސް އެ ވަގުތުގެ ތެރޭގައި މެދުކެނޑުމެއް އަތުވެދާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ބޭންކުން ވަނީ މަޢާފަށް އެދިފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މި މަސައްކަތަކީ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި، މި ވަގުތު ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. ބޭންކުގެ މަޤްޞަދަކީ މި މެއިންޓެނަންސްގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށްވެސް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް