ޗައިނާ އެހީގައި ޕާކިސްތާނުގައި ތަރައްޤީކުރަމުންދާ ޕޯޓެއް... ފޮޓޯ: ގްލޯބަލް ޓައިމްސް
ޗައިނާ އެހީގައި ޕާކިސްތާނުގައި ތަރައްޤީކުރަމުންދާ ޕޯޓެއް... ފޮޓޯ: ގްލޯބަލް ޓައިމްސް
ދުނިޔެ 28 May 2025 | 05:05

ޗައިނާގެ އެހީލިބުން ހުއްޓި، އެގައުމަށް ދަރަނި އަދާކުރަން ޖެހިފައި

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ކުޑަކޮށް ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފައިސާ ޤައުމެއްގެ ގޮތުގައި ޗައިނާ ކުރިން އޮތަސް، މިހާރު ޗައިނާއިން ކުރާ ކަމަކީ އެގައުމުން ދަރަންޏަށް ދިން ފައިސާ އަނބުރާ ހޯދުންކަމަށް އޮސްޓްރޭލިއާގެ ތިންކް ޓޭންކަކުން ބުނެފިއެވެ.

ސިޑްނީގެ ލައުވީ އިންސްޓިޓިއުޓުން ބުނީ 'ބޭންކަރ' އަކުން 'ޑެޓް ކަލެކްޓަރ' އަކަށް ޗައިނާ ބަދަލުވެފައި ވާކަމަށެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ރަން ޒަމާނުގައި ދަރަންޏަށް ދީފައި ހުރި ފައިސާ އަނބުރާ ދައްކަން މިއަހަރު ޤައުމުތަކުން ޗައިނާއަށް ރެކޯޑް އަދަދުތަކުން ފައިސާ ދޭން ޖެހޭނެ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ. މިއަހަރު ޗައިނާއަށް ޤައުމުތަކުން ދައްކަން ޖެހޭ 35 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 22 ބިލިއަން ޑޮލަރު ދައްކަނީ ދުނިޔޭގެ އެންމެ ފަޤީރު އަދި އެންމެ ހިރާސް ބޮޑު ޤައުމުތަކުންކަމަށް ދައްކައެވެ.

ޗައިނާއަށް ފައިސާ ދައްކަން ޖެހުމުން އެގައުމުތަކުގެ ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ނުރައްކަލަށް ހުށަހެޅޭކަމުގެ ކަންބޮޑުވުންވެސް ލައުވީ އިންސްޓިޓިއުޓުން ފާޅުކުރިއެވެ.ޗައިނާއިން ޤައުމުތަކަށް ދޭ އެހީ ހުއްޓާލައި، ދަރަނި އަނބުރާ އަތުލުމުގެ މަސައްކަތް ފަށާފައިވާ މިދަނޑިވަޅަކީ ހުޅަނގުގެ ޤައުމުތަކުންވެސް އެހީ ދިނުންމަދުކޮށްފައިވާ ދުވަސްވަރެކެވެ.

އެހެންކަމުން މިއާއެކު ތަރައްޤީއަށް އަންނާނެ ގޮންޖެހުންތަކަކީ ކަންބޮޑުވާ ކަމެއްކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
08 Oct 2026 ދުނިޔެ

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި

ސަލާމަތީ ސަބަބުތަކަށްޓަކައި، ލޮޖިސްޓިކްސް ކުންފުނި "ޒިޕެލް" ޗައިނާގެ ޝިޕިން ގްރޫޕް ކޮސްކޯ އަށް ވިއްކާލުން ޖަރުމަނުވިލާތުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ބުނ...

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް؛ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނަން: ރައީސް މުޢިއްޒު
01 Oct 2026 ހަބަރު

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް؛ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނަން: ރައީސް މުޢިއްޒު

ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ދެމިއޮތް ވަރުގަދަ ބައިވެރިއެއް ކަމަށާއި، ދެ ޤައުމުގެ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް މުހިންމު ފުރުޞަތުތަކެއް ފަހިވަމުންދާ ކަމަށް ރައީސުލްޖު...

ޗައިނާއިން އެމެރިކާއަށް ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދިނީ ބޮޑު ދެ ޕެންޑާ؛ އޭގެ ނަން އެނގޭތަ؟
29 Sep 2026 ދުނިޔެ

ޗައިނާއިން އެމެރިކާއަށް ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދިނީ ބޮޑު ދެ ޕެންޑާ؛ އޭގެ ނަން އެނގޭތަ؟

ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމާއި ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުން، ޗައިނާއިން އެމެރިކާގެ އެޓްލާންޓާ ސިޓީއަށް ދެ ޖަޔަންޓް ޕެންޑާ ހަދިޔާކޮށްފިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ މި ...

ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
24 Sep 2026 ކުޅިވަރު

ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި

ޗައިނާގައި މިއަދު ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި، ދިވެހިރާއްޖޭގެ ގައުމީ ޓީމާ ވާދަކޮށް ޗައިނާގެ ގައުމީ ޓީމުން 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފިއެވެ. މި މެޗުގައި ޗައިނާ...

ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
24 Sep 2026 ހަބަރު

ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް

ދިވެހިރާއްޖެއާ ޗައިނާގެ އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާ އެ ގުޅުމުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކ...

ޗައިނާއާއި އެމެރިކާއިން އޭއައިއާ ބެހޭ ފުރަތަމަ މަޝްވަރާތައް ބާއްވައިފި
24 Sep 2026 ދުނިޔެ

ޗައިނާއާއި އެމެރިކާއިން އޭއައިއާ ބެހޭ ފުރަތަމަ މަޝްވަރާތައް ބާއްވައިފި

ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން އެ ޤައުމާއި އެމެރިކާގެ އިސް ވިޔަފާރި މަންދޫބުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ރަސްމީ މަޝްވަރާތަކެއް ބާއްވާފައިވާކަން މިއަދު ކަ...