މަސީހު އިސްތިއުފާ ނުދެއްވާ ކަމުގެ އިޝާރާތެއް ނިހާން ކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިސްތިއުފާ ނުދެއްވާކަމުގެ އިޝާރާތެއް ޕީޕީއެމް ގެ ޕީޖީ ލީޑަރ އަހްމަދު ނިހާން ކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވާނަމަށް ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ނ ގެދަށުން ބުނެފައިވާފަދަ ސިޓީއެއް މަޖިލީހުގެ ނައިބު ރައީސްއަށް ހުށަހަޅައިގެން ކަމުގައި ނިހާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މީޑިއާ ތަކުގައި ރޭ މަސީހް އިސްތިއުފާ ދެއްވައިފި ކަމަށް ދެކެވުނު ވާހަކަ ތަކަށް ރައްދު ދެއްވާ ނިހާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވާނަމަ އެކަން އެސްއެމްއެސްއަކުން މީޑިއާތަކަށް ނާންގަވާނެ ކަމަށެވެ.
އަދި މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވާނަމަށް ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ނ ގެދަށުން އެފަދަ ސިޓީއެއް މަޖިލީހުގެ ނައިބު ރައީސްއަށް ހުށަހަޅުއްވާނީކަމުގައެވެ.
ރައްޔިތުން މަޖްލީހުގެ އިދާރާއިން ހަބަރު ދޭ ގޮތުގައި މަސީހު އިސްތިއުފާ ދެއްވިކަމުގެ ލިއުމެއް އެ އިދާރާއަށް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް ރޭ މަސީހު މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފިކަމަށްބުނެ މަސީހުގެ ފޯން ނަމްބަރުން ފޮނުވާފައިވާ އެސްއެމްއެސްއެއް މީޑިއާ ތަކުގައި ދައުރު ވެފައެވެ.
އެެ މެސެޖް ގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމުގައެވެ.
މަސީހު އިސްތިއުފާ ދެއްވިކަމަށް އަޑު ފެތުރިފައިމިވަނީ އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖްލީހަށް ވައްދަން ވާހަަކަ ދެކެވެމުން ދަނިކޮންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް