ފަލަސްތީނުގެ ރައްޔިތުން ޖަބަލިއާގައި ޢީދު ނަމާދުކުރަނީ... ފޮޓޯ: މަހްމޫދު އީސާ ރޮއިޓާސް
ފަލަސްތީނުގެ ރައްޔިތުން ޖަބަލިއާގައި ޢީދު ނަމާދުކުރަނީ... ފޮޓޯ: މަހްމޫދު އީސާ ރޮއިޓާސް
ދުނިޔެ 30 Mar 2025 | 09:18

ޢައްޒާގައި ޢީދު ފާހަގަކުރަމުންދިޔަ ބަޔަކަށް އިސްރާއީލުން ބޮމުގެ ހަމަލާތަކެއްދީ 5 ކުޑަކުދިން ޝަހީދުކޮށްލައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ފަލަސްތީނުގެ ޢައްޒާގައި ޢީދު ފާހަގަކުރަމުންދިޔަ ބަޔަކަށް އިސްރާއީލްގެ ހައްދުފަހަނ އަޅާފައިވާ ސިފައިންގެ ބަޔަކު ބޮމުގެ ހަމަލާތަކެއްދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާއިން ބުނީ ޢައްޒާގެ އަވަށްތަކުގެ ރައްޔިތުން ޢީދު ނަމާދަށްފަހު ޢީދުގެ އުފާފާޅުކުރުންތައް ކުރިއަށްގެންދިޔަ ބައެއް ސަރަހައްދުތަކަށް ހަމަލާތައްދީފައިވާކަމަށެވެ. މިގޮތުން އެއް އަވަށަކަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާތަކެއްގައި 9 މީހެއްގެ ފުރާނަ ގެއްލުވާލާފައިވާއިރު، މީގެ ތެރޭގައި 5 ކުޑަކުދިން ހިމެނޭކަމަށް އަލްޖަޒީރާއިން ބުންޏެވެ.

ޢައްޒާގެ ރައްޔިތުން މިއަދު ޢީދު ފާހަގަކުރަމުގެ ގޮތުން ގިނަބަޔަކު ޒިޔާރަތްކުރީ ޝަހީދުވެފައިވާ އެމީހުންގެ އާއިލާތަކުގެ މީހުން ވަޅުލާފައިވާ ގަބުރުސްތާނުތަކަށެވެ. މިފަހަރުގެ ފިތުރު ޢީދަކީ ޢައްޒާގެ ރައްޔިތުން ދުށް އެންމެ ހިތާމަވެރި ޢީދެވެ. ޢީދު ނަމާދު ގަޑީގައި ތަކްބީރުގެ އަޑުގެ ބަދަލުގައި އިވެމުންދިޔައީ އިސްރާއީލް ސިފައިން ޖަހާ ބަޑިތަކުގެ އަޑުތަކެވެ.

"އައުހެދުން ލައިގެން މީގެކުރިން ޢީދުތަކުގައި ކުޑަކުދިންތައް އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި އުޅުނުނަމަވެސް މިއަދު ޢައްޒާގެ މަގުތަކުން ފެނިގެންދަނީ ބަނޑުހައިވެފައިވާ އަދި ބައުވެ ވީދިފައިވާ ހެދުންތައް ލަގެން އުޅޭ ކުޑަކުދިންތައް. ޢީދަށް ހާއްސަކޮށް އެއްޗެއް ތައްޔާރުކޮށްލާނެ ހިތްވަރެއް އަދި ކާއެއްޗެއް ކައްކާލެވޭނެ ފަދަ ގޮތެއްވެސް މިއަދު ޢައްޒާގެ ރައްޔިތުންގެ އަތަކުނެތް. އިސްރާއީލް ސިފައިން ވަނީ އެމީހުންގެ ހުރިހާއެއްޗެއް އަޅިއަށް ހަދާފައި." ޢައްޒާހެ މިއަދުގެ ހާލަތު ސިފަކުރަމުން އަލްޖަޒީރާއިން ބުންޏެވެ.

އަނެއްކޮޅުން އީރާނުން އިސްރާއީލަށް ބިރުދައްކަމުންދާ މައްސަލާގައި ޔަހޫދީ ކުރީގެ ބޮޑުވަޒީރު ބެނެއްޓު ވަނީ، އިސްރާއީލުން އީރާނަށް ހަމަލާދާނެޖެހޭ ވަގުތު އައިސް ޖެހިއްޖެކަމަށް ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް