އެންމެ މެންބަރަކު ނެތުމުން ކޮމިޝަންތަކުގެ ބިލަށް ވޯޓަށް ނޭހުނު!
ކޯރަމް ހަމަނުވުމުގެ ސަބަބުން، ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް ނޭހި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލަން ޖެހިއްޖެއެވެ.
މިއަދުގެ ޖަލްސާގައި މިބިލަށް ވޯޓަށް އެހުމަށް ކޯރަމް ހަމަނުވީ އެންމެ މެންބަރަކު ނެތުމުންނެވެ.
ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންނާއި، ދައުލަތުން ގެއްލިފައިވާ ފައިސާތަކުގެ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް އުފެއްދި ދެ ކޮމިޝަނަށް ބާރުދޭ ބިލްތައް މަޖިލީހުގެ އެންެމެ ފަހުގެ ދައުރު ނިމުނުއިރު ފާާސްކުރުމަށް ރޭވުނެވެ.
ނަމަވެސް އެބިލް ފާސްނުކޮށް މަޖިލީހުން ޗުއްޓީއަށް ދިއުުމުން ސަރުކާރު ހިންގާ ޕާޓީންވަނީ މަޖިލީހަށް ނުރުހުން އަމާޒުކޮށްފައެވެ.
މި ބިލްގެ ޒަރިއްޔާއިން ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ލިބޭއިރު، މިއީ ނުހައްގު ބާރުތަކެއްކަމަށްބުނެ އިިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް