ލީގުގައި ބަލިނުވެ ހިފަހައްޓަމުން އައި ރިކޯޑް ލިވަޕޫލުން ދަމަހައްޓައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކާޑިފް ސިޓީ އަތުން 4-1 ކުން މޮޅުވެ ލީގުގައި ބަލިނުވެ ހިފަހައްޓަމުން އައި ރިކޯޑް ލިވަޕޫލުން ދަމަހައްޓައިފިއެވެ.
މި ސީޒަނުގައި އަލަށް ޕްރިމިރަ ލީގަށް ޕްރޮމޯޓުވި ކާޑިފްއާއި ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި ލިވަޕޫލުގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ސަޑިއޯ މާނޭ (2 ލަނޑޫ)، މުހައްމަދު ސަލާހް، އަދި ޒެންދާން ޝަގީރީއެވެ.
ކާޑިފްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ކެލަމް ޕީޓަސަނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ލިވަޕޫލުގެ ކޯޗް ކްލޮޕް ބުނީ 26 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ ލިވަޕޫލް އޮތުމަކީ ރަނގަޅު ކަމެއް ކަމުގައިވިނަމަވެސް އަދި ލީގުގެ ބޮޑުބައި ކުރިއަށް އޮތީ ކަމަށެވެ.
ކާޑިފްގެ ކޯޗުވަނީ އޭނާގެ ޓީމުގެ ކުޅުންތެރިން ހެދި ގޯސްތައް ފާހަގަކޮށް އެޓީމު ބަލިވީ އެކަންތައް ތަކައިހުރެ ކަމަށް ފާހަގަކޯށްފައެވެ.
ލީގުގައި ލިވަޕޫލް ދެން ކުޅެން އޮތީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އާސެނަލްއާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް