މިނިސްޓަރު އިރުތިޝާމް، ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، ޗައިނާއަށް މިއަދު ފުރާވަޑައިގެންފި އެވެ.
މިއީ މި މަހުގެ 11 އިން 12 އަށް ޗައިނާގެ ކުންމިން ގައި ބޭއްވުމަށް ހަމަޖެހިފައިވާ، ހަތް ވަނަ ޗައިނާ – ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓަރު އިރުތިޝާމް ގެ މި ދަތުރުފުޅުގައި ހަތް ވަނަ ޗައިނާ–ދަ ސައުތު އޭޝިއާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ކީނޯޓް އެޑްރެސް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ކަމަނާގެ މި ދަތުރުފުޅުގައި ޔުނާން ޕްރޮވިންސްގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ޔުނާން ގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި، މިނިސްޓަރު އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އާއި ޑިރެކްޓާ މަރްޔަމް ބައްސާމާ ފާރޫގް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް