ސަރުކާރު ކުންފުނިތަކުން އިދިކޮޅު މުވައްޒަފުން ވަކިކުރާތީ މައްސަަލަ ހުށައަޅައިފި
ސަރުކާރުގެ ކުންފުނިތަކުން އިދިކޮޅު ފިކުރުގެ މުވައްޒަފުން ވަކިކުރާ މައްސަލަ ބެލުމަށް މަޖިލީހަށް ޕީޕީއެމްއިން ހުށައަޅައިފިއެވެ.
ޕީޕީއެމްއިން މި މައްސަލަ ހުށައަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށެވެ.
އެ މައްސަަލައިގައި ވަނީ ރައީސް ސޯލިހު ސަރުކާރާއި ހަވާލުވިފަހުން ދައުލަތުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ފަރާތްތައް ވަކިކުރަމުންދާތީ ގިނަ ބަޔެއް ހިތްހަމަ ނުޖެހި ޝަކުވާ ކުރަމުންދާ ކަމަށެވެ.
އެގޮތުން ޚާއްސަކޮށް ފެނަކަ ކޯޕަރޭޝަނުން ގިނަ ފަރާތްތަކެއް ވަކިކޮށްފައިވާކަމަށް ޕީޕީއެމްއިން ހުށައަޅާފައިވާ މައްސަލައިގައިވެއެވެ.
މި މައްސަލައިގައި ސޮއިކުރައްވާފައިވަނީ ކެލާ ދާއިރާގެ މެންބަރ އަލީ އާރިފް، ހޯރަފުށީ ދާއިރާގެ މެންބަރ މުހައްމަދު އިސްމާއިލް، މިލަންދޫ ދާއިރާގެ މެންބަރ ހަސަން މުފީދު އަދި ނައިފަރު ދާއިރާގެ މެންބަރ އަހުމަދު ޝިޔާމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް