އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މި މަހުގެ ތިންވަނަ ދުވަހުގެ ރޭ އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަން ފަށައިފި އެވެ،
ފުލުހުން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ފުލުހުން ބުނީ އެކަން ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން މޮނިޓަރު ކުރަމުންދާ ކަމަށެވެ. އެ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ހުކުރު ދުވަހުގެ ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ތިބީ ހަ މީހެކެވެ. އޭގެ ތެރޭގައި މަޖިލީހުގެ ކުރީގެ ދެ މެންބަރުންނާއި މާފުށީ ކައުންސިލްގެ ރައީސް ވެސް ހިމެނެ އެވެ.
އެމްޑީޕީން ވެސް ވަނީ އެ ހަ މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަން ފެށިކަން ހާމަކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް