ޔޫރޯޕާ ލީގުގައި އާސެނަލް ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޔުއޭފާ ޔޫރޯޕާ ލީގުގައި އާސެނަލް ރަށުން ބޭރުގައި އަޒެރްބައިޖާނުގެ ގަރާބާގް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ.
މި މެޗު އާސެނަލް ކާމިޔާބު ކުރީ 3-0 ކުންނެވެ. އާސެނަލްގެ ފުރަތަމަ 11 ގައި ހިމޭނޭ ގިނަ ކުޅުންތެރިން ނުލާ ކުޅުނު މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށް ދީފައިވަނީ ޑިފެންޑަރ ސޮކްރަޓިސް، އެމީލް އަދި މަޓެއޯއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އާސެނަލްގެ އިވޯބީއެވެ.
ޔޫރޯޕާ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ އާސެނަލް އޮތީ ގުރޫޕް އީ ގެ އެއްވަނައިގަ ހަމަޖެހިލާފައެވެ.
މި މޮޅާއެކު 2015 ގެ ފަހުން އާސެނަލްވަނީ ފުރަތަމަ ފަހަރަށް ހުރިހާ މުބާރާތަކުން ޖެހިޖެހިގެން 8 މެޗުން މޮޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް