ސަައުދީގެ ރަހަފްއަށް ކެނެޑާއިން ހިމާޔަތްދީފި
އާއިލާގެ އަނިޔާއަށް ކެތްނުވެގެން ސައުދީ އަރަބިއްޔާ ދޫކޮށްފައި ފިލި 18 އަހަރުގެ ރަހަފް އަލް ގުނޫންެއަށް ހިމާޔަތްދިނުމަށް ކެނެޑާއިން ނިންމައިފިއެވެ.
މިކަން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވެސް ވަނީ ޔަގީންކޮށްދީފައެވެ.
މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ، ކެނެޑާއަކީ އަބަދުވެސް އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކަށްޓަކައި ތެދުވެ ވަކާލާތުކުރާނެ ގައުމެއް ކަމަށެވެ. އަދި އދ.އިން ގުނޫންއަށް ހިމާޔަތްދިނުމަށް އެދުމުން ކެނެޑާއިން އެކަން ގަބޫލުކުރީ ކަމަށް ޓްރޫޑޯ ވިދާޅުވިއެވެ.
އދ.އިން ވަނީ ރަހަފްއަކީ ރެފިއުޖީއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ރަހަފް މިހާރު ދަނީ ދެކުނު ކޮރެޔާގެ މަގުން ކެނެޑާއަށް ދަތުރުކުރުމަށްޓަކައި، ދަތުރު ފަށާފައެވެ. އޭނާ މިއަދާއި ހަމައަށް ހުރީ ތައިލޭންޑްގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް