މޭޔަރ ޝިފާގެ ޓުވީޓާއެކު ހޫނުފެނަށް: އިއުތިކާފަށް ތިބުން ހުއްޓުވާކަށް ނޫޅެން!
މާލެ ސިޓީ މޭޔަރ ޝިފާ މުހައްމަދު ކުރެއްވި ޓުވީޓަކާ ގުޅިގެން ލިބެމުންދިޔަ ފާޑުކިޔުންތަކަށް އެކަމަނާ ރައްދުދެއްވައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ޝިފާ ކުރެެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ދިވެހިންގެ މިސްކިތް ތަކުގެ ތެރޭ ދިވެހިންގެ ސަގާފަތާއި ނުގުޅޭ ގޮތަށް ނިދާ، ކައިބޮއި ހެދުން ހުއްޓުވުމަށް އެންމެން މަސައްކަތް ފެށުމަށް ގޮވާލާފައެވެ.
އެއާއެކު ރާއްޖޭގެ މިސްކިތް ތަކުގައި އިއުތިކާފަށް ތިބޭ މީހުން ހުއްޓުވަން މާލޭގެ މޭޔަރު ޝިފާ މަސައްކަތްކުރައްވާކަމަށް ތުހުމަތުކޮށް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އެކަމަނާއަށް ރައްދުކުރެވިގެންދިޔައެވެ.

މޭޔަރު ޝިފާގެ ޓުވީޓު ދިފާޢުކުރައްވަމުން އެކަމަނާ ވިދާޅުވެފައިވަނީ މިއީ މިސްކިތްތައް ސާފުތާހިރުތަނަކަށް ހެދުމަށް ދެއްކެވި ވާހަކަފުޅެއްކަން ވިދާޅުވެ، މިވާހަކަ އަނބުރަން ނޫޅުމަށް ގޮވާލައްވާފައެވެ.
ރާއްޖޭގެ ދީނީ ހޭލުންތެރިކަން އިތުރުވުމާއެކު ރަމަޞާން މަހު ގިނަބަޔަކު މިސްކިތަށް އިއުތިކާފަށް ދާކަންފާހަގަވެއެވެ. ނަމަވެސް އިއުތިކާފަށް ތިބެވެނީ އިސްލާމިކް މިނިސްޓްރީން ހަމަޖައްސާ މިސްކިތްތަކެއްގައި ކަން ފާހަގަކޮށްލަންޖެހެއެވެ.
ރަމަޞާން މަހު މިސްކިތަށް އިއުތިކާފަށް ދިއުމަކީ ގަދަވެގެން ވާ ސުންނަތެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް