ސޯޝަލް މީޑިއާގައި އާއްމުކޮށް ބޭނުންކުރެވޭ އެޕްތަކެއް-- ފޮޓޯ/އިންޓަނެޓު
ސޯޝަލް މީޑިއާގައި އާއްމުކޮށް ބޭނުންކުރެވޭ އެޕްތަކެއް-- ފޮޓޯ/އިންޓަނެޓު
ދުނިޔެ 24 Nov 2025 | 08:18

16 އަހަރުން ދަށުގެ ކުދިންނަށް މެލޭޝިއާގައި ސޯޝަލް މީޑިއާ މަނާކުރަނީ!

މެލޭޝިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އަންނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާ މަނާކުރަން އެގައުމުން ހަމަޖައްސައިފިއެވެ.

މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަދްޒިލް އިއްޔެ ވިދާޅުވީ މިހާރުވެސް ކުޑަކުދިނަށް ސޯޝަލް މީޑިއާ މަނާކޮށްފައިވާ އޮސްޓްރޭލިއާ އާއި އެހެން ބައެއް ގައުމުތަކުގައި މިކަން ކުރުމަށް ބޭނުންކުރާ އުސޫލުތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ރަޖިސްޓްރީ ކޮށްފައިވާ އެކައުންޓްތައް ވެސް އަންނަ މަހުން ފެށިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޑިއެކްޓިވޭޓްކުރާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ސޯޝަލް މީޑިއާއާ ކުޑަކުދިން ދުރުކުރަން ޖެހެނީ އެ ކުދިން ސްކޭމްތަކާއި ސައިބަބުލީ އާއި ޖިންސީ ގޯނާ ފަދަ ނުރައްކާތަކުން ސަލާމަތްކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން 16 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ޔޫޒާ އެކައުންޓް ހެދުން މަނާކުރަން ސަރުކާރުން ނިންމުމަށް، އެ ޕްލެޓްފޯމްތަކުން ތަބާވެ އަންނަ އަހަރުގެ ނިޔަލަށް އެކަން ފުރިހަމަކޮށް ނިންމާނެ ކަމަށް،"

މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަދްޒިލް

ޓިކްޓޮކް، ސްނެޕްޗެޓް، ގޫގުލް، ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ފަދަ ޕްލެޓްފޯމްތަކުން ކުޑަކުދިންނަށް ކުރިމަތިވާ ގެއްލުންތަކުގެ ވާހަކައަކީ ބާރަށް ދެކެވެމުން އަންނަ ވާހަކަތަކެކެވެ. އެހެންކަމުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކުޑަކުދިން ހުށަހެޅޭ ނިސްބަތް ދަށްކުރުމަށް ފިޔަވަޅުތައް އަޅާ ގައުމުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފްރާންސް، ސްޕެއިން، އިޓަލީ، ޑެންމާކް އަދި ގްރީސް ފަދަ ގައުމުތަކުން ވެސް އަންނަނީ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި އުމުރު ކަށަވަރުކޮށްދޭންޖެހޭ، އޭޖް ވެރިފިކޭޝަން އެޕެއް ވެސް ޓެސްޓް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
09 Oct 2026 ދުނިޔެ

ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި

ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ...

ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
05 Oct 2026 ހަބަރު

ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް

މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ. ރޭ ހިނގި ނުރައްކާތެރި އެ...

މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
04 Oct 2026 ހަބަރު

މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ

މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ ދެ ކާރު ޖެހިގެންނެވެ. ކާރު އެކްސިޑެންޓްގައި ނިޔާވި އަންހެން ދަަރިވަަރުގެ ބޮލަށް ވަ...

އަނބިކަނބަލުން ނިޔާވިތާ ދުވަހެއް ފަހުން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
30 Sep 2026 ދުނިޔެ

އަނބިކަނބަލުން ނިޔާވިތާ ދުވަހެއް ފަހުން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޓުން ޑރ. މަހާތީރު މުޙައްމަދު އެ ޤައުމުގެ ނެޝަނަލް ހާޓް އިންސްޓިޓިއުޓް (އައިޖޭއެން) ގައި އިއްޔެ އެޑްމިޓްކޮށްފިއެވެ. ޢުމުރުން 101 އަހަރުގެ މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓްކު...

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
28 Sep 2026 ހަބަރު

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދުގެ އަނބިކަނބަލުން ޑރ. ސިޓި ޙަސްމާ މުޙައްމަދު ޢަލީގެ ހަނދާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ޑރ. ސިޓި އަވަހާ...

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ އަނބިކަނބަލުން އުމުރުން 100 އަހަރުގައި އަވަހާރަވެއްޖެ
28 Sep 2026 ދުނިޔެ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ އަނބިކަނބަލުން އުމުރުން 100 އަހަރުގައި އަވަހާރަވެއްޖެ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދުގެ އަނބިކަނބަލުން ޓުން ޑރ. ސިތީ ހަސްމާ މުޙައްމަދު ޢަލީ އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ. މެލޭޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތު...