މަހާތީރް އާއި އޭނާގެ އަނބިކަނބަލުން
މަހާތީރް އާއި އޭނާގެ އަނބިކަނބަލުން
ދުނިޔެ 28 Sep 2026 | 05:26

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ އަނބިކަނބަލުން އުމުރުން 100 އަހަރުގައި އަވަހާރަވެއްޖެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދުގެ އަނބިކަނބަލުން ޓުން ޑރ. ސިތީ ހަސްމާ މުޙައްމަދު ޢަލީ އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ.

މެލޭޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިތީ ހަސްމާ އަވަހާރަވީ މިއަދު ކުއާލަލަމްޕޫރުގެ ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައެވެ. މަހާތީރު ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން އަވަހާރަވިކަން ފޭސްބުކް މެދުވެރިކުރައްވައި ކަށަވަރުކޮށްދެއްވާފައެވެ. އެކަމަނާ އަވަހާރަވުމާ ގުޅިގެން ހޮސްޕިޓަލުން ހަށިކޮޅު ނެރުމުގައި އެންމެ ހަގު ދަރިކަލުން މުޚްރިޒް މަހާތީރު ބައިވެރިވެވަޑައިގެންނެވިއެވެ.

1956 ވަނަ އަހަރު މަހާތީރާ ކައިވެނިބައްލަވައިގަތް ސިތީ ހަސްމާގެ 7 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެ ދެމަފިރިން ދާދިފަހުން، އޯގަސްޓް 5 ގައި ވަނީ ކައިވެނީގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރައްވާފައެވެ.

ސިތީ ހަސްމާ އަވަހާރަވުމާ ގުޅިގެން މެލޭޝިޔާގެ ރަސްގެފާނު ސުލްޠާން އިބްރާހީމާއި ރާނީ ރާޖާ ޒަރިތު ސޯފިޔާ ވަނީ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ. އަދި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ރަސްމީ އިވެންޓެއްގެ ތެރެއިން އެ ޚަބަރު ހިއްސާކުރައްވައި، ސިތީ ހަސްމާގެ ފުރާނަފުޅަށް ހެޔޮ ދުޢާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ސަރުކާރުން އިޢުލާންކުރި ގޮތުގައި، ސިތީ ހަސްމާގެ ޖަނާޒާގެ ކަންކަން ކުރިއަށްދާނީ ރަސްމީ ފެންވަރުގައެވެ. އެކަމަނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޕުތުރާޖާޔާގެ ޕްރެސިންޓް 20 ގައި ހުންނަ ޤައުމީ ޤަބުރުސްތާނު، "ޕުސާރާ ނެގަރާވަން" ގައެވެ.

އަންވަރުގެ އަނބިކަނބަލުން ޑރ. ވަން އަޒީޒާ ވަން އިސްމާޢީލް ވިދާޅުވީ، ސިތީ ހަސްމާއަކީ ހިތްހެޔޮ، ކެތްތެރި އަދި އަބުރުވެރިކަމާއެކު އުޅެން އޭނާއަށް ދަސްކޮށްދެއްވި ވަރަށް ޚާއްޞަ ޝަޚްޞިއްޔަތެއް ކަމަށެވެ. 1998 ވަނަ އަހަރު އަންވަރު ބޮޑުވަޒީރުގެ ނައިބުކަމުން ވަކިކުރުމާ ގުޅިގެން ދެ ޢާއިލާގެ މެދުގައި ދުރުކަމެއް އުފެދުނު ނަމަވެސް، 2018 ގެ އިންތިޚާބަށް ދެ ބޭފުޅުން ސިޔާސީ ގޮތުން ވަނީ ގުޅިވަޑައިގަންނަވާފައެވެ.،

12 ޖުލައި 1926 ގައި ސިލަންގޯގެ ކްލަންގަށް އުފަންވެވަޑައިގެންނެވި ސިތީ ހަސްމާއަކީ ސިންގަޕޫރުގެ ކިންގް އެޑްވަރޑް 7 ކޮލެޖް އޮފް މެޑިސިން އިން 1955 ގައި ޑޮކްޓަރުކަން ހާސިލްކުރެއްވި، މެލޭޔާގެ އެންމެ ފުރަތަމަ މެލޭ އަންހެން މެޑިކަލް އޮފިސަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަނބަލެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
09 Oct 2026 ދުނިޔެ

ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި

ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ...

ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
05 Oct 2026 ހަބަރު

ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް

މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ. ރޭ ހިނގި ނުރައްކާތެރި އެ...

މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
04 Oct 2026 ހަބަރު

މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ

މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ ދެ ކާރު ޖެހިގެންނެވެ. ކާރު އެކްސިޑެންޓްގައި ނިޔާވި އަންހެން ދަަރިވަަރުގެ ބޮލަށް ވަ...

އަނބިކަނބަލުން ނިޔާވިތާ ދުވަހެއް ފަހުން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
30 Sep 2026 ދުނިޔެ

އަނބިކަނބަލުން ނިޔާވިތާ ދުވަހެއް ފަހުން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޓުން ޑރ. މަހާތީރު މުޙައްމަދު އެ ޤައުމުގެ ނެޝަނަލް ހާޓް އިންސްޓިޓިއުޓް (އައިޖޭއެން) ގައި އިއްޔެ އެޑްމިޓްކޮށްފިއެވެ. ޢުމުރުން 101 އަހަރުގެ މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓްކު...

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
28 Sep 2026 ހަބަރު

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދުގެ އަނބިކަނބަލުން ޑރ. ސިޓި ޙަސްމާ މުޙައްމަދު ޢަލީގެ ހަނދާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ޑރ. ސިޓި އަވަހާ...

މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
17 Sep 2026 ލައިފްސްޓައިލް

މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް

ބްރިކްސް ސަމިޓަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި ރާއްޖެއަށް ކުރެއްވި ރަސްމީ ދެ ދުވަހުގެ ދަތުރުފުޅާ ގުޅުވައިގެން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރ...