މިޔަރާއި ކަހަނބު ނަގަން ހުއްދަދޭން ޖެހޭ: ޖާބިރު
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ގާނޫނަށް ބަދަލުގެނެސް މިޔަރާއި ކަހަނބު ނަގަން ހުއްދަ ދޭންޖެހޭކަމަށް ކާށިދޫ ދާއިރާއަށް އިންތިޚާބުވެ ވަޑައިގަތް މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރަން ބޭނުންނަމަ ކެސިނޯ އަޅަން ހުއްދަދޭން ޖެހޭކަމަށާއި ގާނޫނުތަކަށް ބަދަލުގެނެސް މިޔަރު އަދި ކަހަނބު ނަގަން ހުއްދަކުރަންޖެހޭ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކަހަނބު އަދި މިޔަރު ނެގުމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާކޮށްފައިވާ ކަމެކެވެ.
މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އެގޮތުން ކުރިމަތިލެއްވި ކަމެއް ވެއްޖިއްޔާމު މިހާތަނަށް ކާމިޔާބު ކުރައްވާފައިވާ ކަމަށާއި، އެހެންކަމުން މަޖިލިސްގެ ރައީސްކަމުގެ ރޭހުގައި ވެސް ކާމިޔާބު ހޯއްދަވާނެކަމަށް ޖާބިރު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް