ގޯލްޑް ކަޕްގެ ޗެންޕިއަންކަން މެކްސިކޯ ހޯދައިދި
އެމެރިކާއައި ދެކޮޅަށް ފައިނަލުގައި ކުޅެ 1-0 ގެ ހަނި ނަތީޖާއަކުން މޮޅުވެ މެކްސިކޯ ގޯލްޑް ކަޕް މުބާރާތް ކާމިޔާބު ކޮށްފިއެވެ.
މެޗުގައި ފެނުނު ހަމައެކަނި ގޯލް 73 ވަނަ މިނެޓުގައި މެކްސިކޯއަށް ކާމިޔާބު ކޮށްދިނީ ޑޮސް ސަންޓޯސްއެވެ.
މެކްސިކޯގެ ގޯލުގެ ކުރިން އެމެރިކާއަށްވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއްވެސް ލިބިފައެވެ.
މެޗައި ބެހޭގޮތުން ވާހަކަ ދައްކަމުން އެމެރިކާ ޓީމުގެ ކޯޗް ބުނީ މޮޅަށް ކުޅުނީ މެކްސިކޯ ކަމަށައި ކާމިޔާބު ހޯދުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތަކެއް ހުންނާނެ ކަމުގައެވެ. ނަމަވެސް އޭނާގެ ޓީމުގެ ކިބައިން މި މެޗުގައި އެކަން ފެނިފައިނުވާކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.
މެކްސިކޯގެ ކޯޗް ބުނީ މުބާރާތަށްއައީ ތަށި ނަގަން ކަމަށައި އެކަން ކުރެއްވިއްޖެ ކަމުގައެވެ. މިއީ މި މުބާރާތް މެކްސިކޯ ކާމިޔާބުކުރި 8 ވަނަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް