ސައުތްހެމްޕްޓަން 0-3 ޗެލްސީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
3 ލަނޑުގެ ތަފާތަކާއެކު ޗެލްސީއިން ސުއުތްހެމްޕްޓަން ބަލިކޮށްލައިފިއެވެ. އިނގިރޭސި ޕްރިމަރ ލީގުގައި ކުޅެވުނު މި މެޗުގައި ޗެލްސީގެ ފަރާތުން ފެނުފައިވަނީ ވަރަށް ރީތި ކުޅުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ގިނަ އިރު ބޯޅަ ގެންގުޅެ ގޯލަށް ފޮނުވާލި 6 ހަމަލާވެސް ޗެލްސީއިން ފޮނުވާލީ ޓާގެޓަށެވެ. އޭގެ ތެރެއިން 3 ހަމަލާ ވަނީ ލަނޑުތަކަށް ހަދާފައެވެ.
ޗެލްސީގެ ފުރަތަމަ ލަނޑު ޖަހާދީފައިވަނީ މި ސީޒަނުގައި ތަފާތު އަދި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަޒާޑްއެވެ. ދެވަނަ ލަނޑު ބާކްލޭ ޖަހައިދިން އިރު ތިންވަނަ ލަނޑު މެޗު ނިމެއް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނީކޮށް ޖަހާދިނީ މޮރާޓާއެވެ.
މި މޮޅާއެކު ޗެލްސީއަށްވަނީ 20 ޕޮއިންޓް ލިބިފައެވެ. ހަމަ މި އަދަދަށް ސިޓީ އަދި ލިވަޕޫލުންވެސް ވަނީ ޕޮއިންޓް ހޯދާފައެވެ. 1 ވަނައިގަ ސިޓީއޮތް އިރު ޗެލްސީއަށް ތާވަލުގެ 2 ވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް