ގަވާއިދާ ހިލާފަށް ހައްޖަށްދާ މީހުން މަދުކުރުމަށް ސައުދީން އާ ފިޔަވަޅުތަކެއް ތައާރަފްކޮށްފި
ގަވާއިދާ ހިލާފަށް ހައްޖަށްދާ މީހުން މަދުކުރުމަށް ސައުދީ އަރަބިއާގެ ސަރުކާރުން އާ ފިޔަވަޅުތަކެއް ތައާރަފްކޮށްފިއެވެ.
ސައުދީގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ޕަބްލިކް ސެކިއުރިޓީން ނެރުނު ބަޔާނެއްގައިވާ ގޮތުން، އާ ގަވާއިދުގައިވާ ގޮތުން މައްކާއަށް ވަންނަން ބޭނުންވާ ނަމަ ކަމާބެހޭ ފަރާތްތަކުން ހުއްދަ ހޯދަންޖެހޭނެ އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ 2024 މެއި 4 ވާ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މައްކާގެ ކައިރީގައި ހުންނަ ސެކިއުރިޓީ ޗެކްޕޮއިންޓްތަކުގައި ތިބޭ ސައުދީގެ ސެކިއުރިޓީ މުއައްޒަފުން އެކަށީގެންވާ ހުއްދައެއް ނެތް މީހެއް ނަމަ ވަނުން މަނާކުރާނެ އެވެ.
މި ފިޔަވަޅުތައް އެޅުމަށް ސައުދީ ސަރުކާރުން ނިންމާފައިވަނީ ހައްޖު މޫސުމުގައި ހައްޖުވެރިންގެ އަދަދު ކޮންޓްރޯލްކޮށް ހައްޖުވެރިންނަށް ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް