އެމްއެމްއޭގެ އިސްވެރިންނަށް ދައުވާކުރަނީ
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ތެރެއިން ހިނގައިދިޔަ މަނީ ލޯންޑަރިންގް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅިކަމަށްބުނެ އެމްއެމްއޭގެ އިސްވެރިންތަކަކާއި ދެކޮޅަށް ދައުވާކުރުމަށް ނިންމައިފިއެވެ.
މި މައްސަލައިގައި ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން ނިންމިކަން އެ ކޮމިޝަނުން ވަނީ މީޑިޔާތަކަށް ހާމަކޮށްފައެވެ.
މި މައްސަލައިގައި ދައުވާކުރަން ހުށައަޅާފައިވަނީ އެމްއެމްއޭގެ ކޮން އިސްވެރިންތަކަކާއި ދެކޮޅަށްކަން ސާފުވާގޮތް އަދިވަނީ ނުވެފައެވެ.
އޭސީސީން ދާދިފަހުން އާންމުކުރި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓްގައިވާގޮތުގައި އެމްއެމްއޭގެ އެފްއައިޔޫއަށް މަނީ ލޯންޑަރިންގްގެ ކަންކަން އެނގިހުރެ ވަނީ ވަކި ފަރާތެއްގެ ނުފޫޒުން މައްސަލަ ހުށަނާޅައި ބާއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް