ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުރުސަަތުދީ، ޕޯސްޓަރތަކަށް ގެއްލުންދިނުމަކީ ގޯހެއް: ޘަގީފް
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވައިކަރަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ހުސައިން ޘަގީފް އިހުސާންގެ، އެ ދާއިރާގެ ހދ.ނެއްލައިދޫގައި ހުރި ކެމްޕެއިން ޕޯސްޓަރތަކަކަށް ގެއްލުންދީފިއެވެ.
ޘަގީފްެގެ ކެމްޕެއިން ޓީމުން މައުލޫމާތުދޭ ގޮތުގައި ގެއްލުން ދީފައިވަނީ ނެއްލައިދޫގެ އެކި ސަރަހައްދުގައި ހުރި ޕޯސްޓަރތަކަށާއި ބެނަރތަކަށް ކަމަށެވެ.
އެގޮތުން ޕޯސްޓަރތައް އިރާލައި، މަގުމަތީގައި ދަމާފައި ހުރި ބެނަރތަކަށް ގެއްލުންދީފައިކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
މިކަމާއި ގުޅިގެން ވޮއިސްއާއި ވާހަކަފުޅު ދައްކަވަމުން ޘަގީފް ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ހުރިހާ ކެނޑިޑޭޓުންނަށްވެސް އޮންނަންވާނެކަމަށެވެ. އަދި މިގޮތަށް ބެނަރތައް ކަނޑައި ޕޯސްޓަރތައް އިރާލުމަކީ ވަރަށް ދަށު ދަރަަޖައިގެ އަމަލެއްކަމަށް ޘަގީފް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް