މާލޭގެ މަގުތަކުގެ ފެންހިންދާ ކާނުތައް ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފި
މާލޭގެ މަގުތަކުގެ ފެންހިންދާ ކާނުތައް ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ފެއްޓެވުމަށްޓަކައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، މާލެ ސިޓީ ކައުންސިލް، ވެމްކޯ އަދި އެޗްޕީއޭ އިން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމްގެ މުއްދަތު ނިމުމުންވެސް އާދައިގެމަތިން ކާނުތައް ސާފުކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް