އިންގްލެންޑް ކުޅުންތެރިން ލަނޑުޖެހުމަށްފަހު... ފޮޓޯ: ސްކައި ސްޕޯޓްސް
އިންގްލެންޑް ކުޅުންތެރިން ލަނޑުޖެހުމަށްފަހު... ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު 06 Jul 2026 | 04:26

މެކްސިކޯ ބަލިކޮށް، އިނގިރޭސިން ކުއާޓާ ފައިނަލަށް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ވަރލްޑްކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް މުބާރާތް ބާއްވާ އެއްޤައުމުކަމަށްވާ މެކްސިކޯ ބަލިކޮށް އިނގިރޭސިން ހޯދައިފިއެވެ.

ނޮކްއައުޓް ސްޓޭޖްގައި މިއަދު މެކްސިކޯ އާއި އިންގްލެންޑް ބައްދަލުކުރިމެޗް އިންގްލެންޑުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އިނގިރޭސިންނަށް ގޯލް ހުޅުވާލަދިނީ 36 ވަނަ މިނެޓް ތެރޭގައި ބެލިންހަމްއެވެ. އޭގެ މިނެޓެއްފަހުން ބެލިންހަމް ވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ދެ ލީޑަށް ފުޅާކޮށްފައެވެ. އިނގިރޭސިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް މެކްސިކޯއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހައި އުއްމީދު އާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ، ލިބުނު ހިލޭ ޖެހުމަކުން ޖޫލިއަން ކީނޯނޭޒް އެވެ.

ދެވަނަ ހާފް ފަށައިގެން އެންމެ ފުރަތަަމަ ނުރައްކާތެރި ހަމަލާއެއް އުފެއްދީ މެކްސިކޯއެވެ. އެގޮތުން ނިކޯ އޯރިލީ ފޮނުވާލި ހަމަލާ އަމާޒްވީ، ގޯލުގެ ދަނޑީގައެވެ. މެޗްގެ 54 ވަނަ މިނެޓުގައި އިންގްލެންޑްގެ ކަނާތް ފަޅިން ކުޅެމުންދިޔަ ޖަރެލް ކުއަންސާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، ވީއޭއާރް ބެލުމަށްފަހު ރެފްރީ އަލީރޭޒާ ފަގާނީ އޭނާއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެހެންކަމުން މެޗްގެ ބާކީ ބައި އިނގިރޭސިން ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކުގައެވެ.

އެއްކުޅުންތެރިއަކު މަދުކޮށް ކުޅުނުނަމަވެސް ހެރީ ކޭން ވަނީ 60 ވަނަ މިނެޓް ތެރޭގައި ޕެނަލްޓީއަކުން ލަނޑެއް ޖަހައި ކމެޗްގެ ނަތީޖާ 3-1 ކަށް ބަދަލުކޮށްފައެވެ. މެޗްގައި ފެނިގެންދިޔަ ފަހު ލަނޑު، މެކްސިކޯއަށް ޖަހައިދިނީ، ރައުލް ހިމެނޭޒް އެވެ.

ވަރލްޑްކަޕް ކުއާޓާ ފައިނަލުގައި އިންގްލެންޑް ނިކުންނާނީ ނޯވޭ އާ ދެކޮޅަށެވެ. ނޯވޭ ކުއާޓާ ފައިނަލަށް ދަތުރުކުރީ ބްރެޒިލް ބަލިކުރުމަށްފަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...