ޕާޓީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރޭ: ރައީސް މައުމޫން
ޕާޓީގެ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް ކުރީގެ ރައީސް އަލްެއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިިފިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ހަތަރު ޕާޓީ ގުޅިގެން ކޯލިޝަނެއް އުފެއްދީ އިންސާފުވެރި ހެޔޮ ވެރިކަމެއް ގާއިމްކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށްޓަކައި ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ޕާޓީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސް މައުމޫންވަނީ ގޮވާލައްވާފައެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި އެހެން ޓްވީޓެއްގައިވަނީ ކޯލިޝަން ރޫޅޫނަ ނުދީ ބޭއްވުމަކީ އެންމެންގެ ގައުމީ ވާޖިބެއް ކަމަށް ވިދާޅުވެފައެވެ އަދި އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަތަރު ލީޑަރުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމަށް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް