N/A
N/A
ހަބަރު 18 Oct 2018 | 02:58

އެޗްޑީސީއިން ހުޅުމާލޭގައި ޖަހާފައިހުރި ދަގަނޑު ހޮޅިތައް ދޯންޏެއްގައި ގެންދަނިކޮށް ހުއްޓުވައިފި

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއިދުއޮތްކަން ދައްކުވައިދިނުމަށް ކެމްޕޭން ދިދައާއި ދިދަ ފައްޗާއި ތަފާތު ބެނާތައް ދެމުމަށް ޓަކައި ހުޅުމާލޭގެ އެކި ހިސާބުތަކުގައި އެޗްޑީސީއިން ޖަހާފައިވާހުރި 3000 އަށްވުރެ ގިނަ އަދަދެއްގެ ދަގަނދު ހޮޅިތައް ކުއްޔައްނަގާފައި އޮތް ދޯންނަކަށް އަރުވައިގެން ހުޅުމާލެއިން ބޭރު ކުރަން އުޅެނިކޮށް ހިފަހައްޓައިފިއެވެ.

މިކަން ހުއްޓުވާފައި މިވަނީ އާންމުންގެ ބަޔަކަށް ފެނިގެން އެކަން ފުލުހުންނަށް އެންގުމުންނެވެ.

ހުޅުމާލޭގެ ހުރިހާ މަގެއްގައިހެން ހޮޅިދަނޑި ޖަހާ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ދިދައާއި ދިދަ ފައްޗާއި ތަފާތު ބެނާތައް ދަމާފައިހުއްޓެވެ. އަދި އެތަކެތި ދެމުމުގައި ކެންޕޭން ދުވަސްވަރު މަސައްކަތް ކުރީ އެޗްޑީސީގެ މުވައްޒަފުން ކަމަށް އޭރު ބައެއް މީޑިއާތަކުން ތުހުމަތު ކުރިއެވެ.

މިހޮޅިތައް އިންތިހާބު ނިމުމުން ކުރީގެ ގެރިކޮށި ހުރި ތަނުގެ ތެރޭގައި ބަހައްޓާފައިހުރީ ކަމަށް އެޗްޑީސީގެ މުވައްޒަފަކު ވިދާޅުވިއެވެ. އަދި މިއަދު ބިދޭސީ މަސައްކަތު މީހުންތަކެއް ލައްވާ މިހޮޅިތައް ދޯންޏަގެންދިއައީކަމަށް ހަބަރު ލިބެއެވެ.

"އެތަކެތި ނެރެގެން ގެންދިއުމުގައި ބައިވެރިވި މަދު ދިވެހި މުވައްޒަފަކަށް ނޫނީ ނޭނގޭނެ. ދެން ތިބީ ހުސް ބިދޭސީ މަސައްކަތު މީހުން. އެމީހުން ލައްވާ އެޗްޑީސީގެ ލޮރީއެއްގައި އެތަނަށް ގެންގޮސް ދޯންޏަށް އަރުވަމުން ދިޔައީ. ވަރަށް ސިއްރުން އެކަމެއް ކުރަމުން ދަނިކޮށް ފުލުހުން ގޮސް ހުއްޓުވީ،" އެޗްޑީސީގެ މުވައްޒަފު މީހާ ސީއެންއެމުގައި ބުނެފައިވެއެވެ.

އެޗްޑީސީ އަށް ވަނީ މިނޫންވެސް އެތައް ތުހުމަތު ތަކެއް ރިޔާސީ އިންތިހާބައި ގުޅުވައިގެން ކުރެވެމުންނެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ބޮޑެތި ހަރަދު ތަކެއްކޮށް އެ ކުންފުނި ބަނގުރޫޓުވެވަފައިވާކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

ހަމައެހެންމެ ކެންޕޭން ޖަގަހައެއް ގޮތުގައި އަދި އެޗްޑީސީން ބޭނުންކުރި ޕްރީ ސުކޫލުގައި ހުރި ލިއުންތަކެއް ނައްތާލަން އުޅުނު މައްސަލައެއްގައި ވެސް އެކޯޕަރޭޝަންގެ މައްޗަށް ދަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...