N/A
N/A
ހަބަރު 09 Oct 2018 | 14:12

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް ބޭނުންވާ މަަޖްލީސް މެންބަރުންގެ ސޮއި ހޯދުމަށް އިދިކޮޅު ކޯލިޝަން އިން މިއަދު މަސައްކަތް ފަށައިފާވާކަމަށް ވިދާޅުވެއްޖެއެވެ.

މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު މެންބަރުން މިއަދު ވިދާޅުވީ އެކަމަށް މަދުވެގެން 42 މެންބަރެއްގެ ސޮއި ބޭނުންވާކަމަށާ އަދި އިދކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީތަށް ކަމަށްވާ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި ރައީސް މައުމޫނާއެކު ތިއްބެވި މެންބަރުންނާއި، އަދާލަތު ޕާޓީގެ މެންބަރުގެ އިތުރަށް ޕީޕީއެމާއި، އެމްޑީއޭގެ ބައެއް މެންބަރުންވެސް ސޮއިކުރާނެކަމަށެވެ.

މިމައްސަލަ މަޖިލީހައްވައްދާނެ ވަކިތާރީހެއް ނުވަތަ މިހާތަނަށް އެ މައްސަލައިގަ ސޮއި ކުރެއްވީ ކިތައް މެންބަރުން ކަމެއް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އިދިކޮޅު ފަރާތްތަކުން ވަނީ މަޖްލީހަށް ހުށައަޅާފައެވެ.

އެގޮތުން ފުރަތަމަ ހުށަހެޅި މައްސަލަ ނިންމުމަށް މެއި 27، 2017 ގައި ނެގި ވޯޓުން، މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވީ ވޯޓު ލާން ބޭނުންކުރާ މެޝިންގެ ބަދަލުގައި މެމްބަރުން އަތް އުފުލައިގެންނެވެ. އެ ގޮތަށް ވޯޓު ނަގަން ނިންމުމުން، އިދިކޮޅު މެމްބަރުން އެ ދުވަހުގެ ޖަލްސާ ބޮއިކޮޓް ކުރެއްވި އެވެ.

ދެ ވަނަ މައްސަލައެއް ހުށަހެޅިޔަ ނުދިނުމަށްޓަކައި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ސޮއިގެ އަދަދު 42 އަށް އިތުރު ކޮށް މަޖިލީހުގެ ގަވާއިދު އިސްލާހް ކުރި އެވެ.

އެ އިސްލާހު ފާސްކުރުމުން 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމުން، އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ، އެ މައްސަލައިގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް ކަނޑައަޅައިގެންނެވެ. އެގޮތަށް ކަނޑައެޅީ ޕީޕީއެމުން އެދިގެން އިލެކްޝަންސް ކޮމިޝަނުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.