ވީއައިއޭގެ އައު ޓާމިނަލުން ދަތުރުވެރިންނަށް ހިދުމަތްދެނީ.. ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ އައު ޓާމިނަލުން ދަތުރުވެރިންނަށް ހިދުމަތްދެނީ.. ފޮޓޯ: އެމްއޭސީއެލް
ވިޔަފާރި 28 Dec 2025 | 14:05

ވީއައިއޭއިން މިއަދު 27,000 އަށްވުރެ ގިނަ ދަތުރުވެރިންނަށް ހިދުމަތްދޭނެ: އެމްއޭސީއެލް

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މއިަދު 27،000 އަށްވުރެ ގިނަ ދަތުރުވެރިންނަށް ހިދުމަތް ދޭނޭކަމަށް އެ އެއާޕޯޓް ހިންގާ އެމްއޭސީއެލުން ބުނެފިއެވެ.

ކޮންމެ ހަފްތާއެއްގެވެސް އާދިއްތަ ދުވަހަކީ ވީއައިއޭއަށް ބާރުބޮޑުވާ ދުވަހެކެވެ. އަދި ހައި ސީޒަނުގައި އިތުރަށް ބާރުބޮޑު ވެގެންދާކަން ފާހަގަކޮށްލެވެއެވެ. އެމްއޭސީއެލުން ބުނީ 27،000 ހާހަށްވުރެ ގިނަ ފަސެންޖަރުންނަށް މިއަދު ހިދުމަތްދޭއިރު މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަހެވެ.

ވީއައިއޭގެ އައު ޓާމިނަލުގައި ދަތުރުވެރިން މަޑުކޮށްލައިގެން.. ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22,142 ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް މިއަދު ވަނީ ތާވަލްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ.

ވީއައިއޭގެ އައު ޓާމިނަލުގައި ދަތުރުވެރިން މަޑުކޮށްލައިގެން.. ފޮޓޯ: އެމްއޭސީއެލް

މިއަދު ޑޮމެސްޓިކް ޓާމިނަލުން ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ. މިއާއެކު މީގެ އިތުރުން މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވޭނޭކަމަށް އެމްއޭސީއެލުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، މިއަދަކީ އެއާޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމަށާއި، ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް, ހިދުމަތް އަވަސް ކުރުމަށްވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއްކަމަށް އޭނާ ވިިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

މިހާދު އާއި ސަޙަރު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފި
01 Oct 2026 ހަބަރު

މިހާދު އާއި ސަޙަރު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފި

‏މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް ޑިރެކްޓަރ، މުޙައްމަދު މިހާދު އަދި ބޯޑުގެ މެމްބަރ، ސަޙަރު ވަޙީދު, އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފިއެވެ. އެ ދެމީހުން މަގާމު...

އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލް އިން އެއާޕޯޓުގެ ފަންނީ މަސައްކަތްތައް ދައްކާލައިފި
30 Aug 2026 ހަބަރު

އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލް އިން އެއާޕޯޓުގެ ފަންނީ މަސައްކަތްތައް ދައްކާލައިފި

ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓ...

ދަރިވަރުންނަށް ޚާއްޞަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީއައިއެޗްއެސްއާ ދެމެދު އެއްބަސްވުމެއް
24 Aug 2026 ހަބަރު

ދަރިވަރުންނަށް ޚާއްޞަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީއައިއެޗްއެސްއާ ދެމެދު އެއްބަސްވުމެއް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އާ ދެމެދު ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމ...

ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
23 Aug 2026 ވިޔަފާރި

ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި

ދުބާއީން ފުރައިގެން މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އައި ފްލައި ދުބާއީގެ ފްލައިޓެއް އިމަޖެންސީގައި ރަންވޭއަށް ޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓަށް ދިމާވި މައްސަލައަކާ ...

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި
18 Aug 2026 ހަބަރު

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި

ރަޝިއާ ނުވަތަ ރޫސީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ވަފުދެއް މޮސްކޯ އާއި ސެއިނ...