މެޑަމް ސާޖިދާގެ ދޮންބައްޕަ އަވަހާރަ ވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ދޮންބައްޕަ، ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަ ވެއްޖެ އެވެ.
އުމުރުން 78 އަހަރުގައި ދޮން އަލިބެ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއް ގަ އެވެ.
ދޮން އަލިބެ ނިޔާވުމާއި ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވީހާވެސް ގިނަ ބޭފުޅުން ދޮން އަލިބެގެ ކަށުނަމާދުގައި ބައިވެރިވެދެއްވުމަށް އެދިވޑައިގެންފައެވެ.

މެޑަމް ސާޖިދާގެ ދޮން ބައްޕަ ނިޔާވުމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
ދޮން އަލިބެގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގަ އެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ މަރުކަޒުގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް