އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހައި ހަތަރު މީހަކު މަރާލި 14 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުކޮށްފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
އެމެރިކާގެ ސްކޫލެއްގައި ހަތަރު މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ 14 އަހަރުގެ ކުއްޖަކާއި އޭނާގެ ބައްޕަ ކޯޓަށް ހާޒިރުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އަޑުއެހުމަކީ އެ ކުއްޖާގެ ބައްޕަ އުމުރުން 54 އަހަރުގެ ކޮލިން ގްރޭ ހާޒިރުކޮށް ބޭއްވުނު ދެވަނަ އަޑުއެހުމެވެ.
ގްރޭގެ މައްޗަށް މީހުން މެރުމާއި ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، ޕްރޮސެކިއުޓަރުން ބުނަނީ އޭނާގެ ދަރިފުޅަށް ހަތިޔާރު ގެނައުމުގެ މަގު ފަހިކޮށްދިން ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ޖޯޖިއާގެ ވިންޑާގައި ހުންނަ އަޕަލާޗީ ހައި ސްކޫލުގައި ދިން ބަޑީގެ ހަމަލާގައި ދެ ދަރިވަރުންނާއި ދެ ޓީޗަރުން މަރުވެ ނުވަ މީހަކު ޒަހަމްކޮށްލިހާދިސާގެ ފުރަތަމަ އަޑުއެހުން އޮތީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް