މުދަލު ޒަކާތުގެ ނިޞާބު ދަށްކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މުދަލު ޒަކާތް ދައްކަން ވާޖިބުވާ ނިޞާބު ދަށްކޮށްފިއެވެ.
ޒަކާތު ހައުސްއިން އިއުލާން ކުރި ގޮތުގައި އިއްޔެއިން ފެށިގެން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބުގެ މިންވަރަކީ ރިހީ ގުރާމަކަށް 14.79 ރުފިޔާގެ ރޭޓުން 595 ގުރާމަށްވާ 8،800 ރުފިޔާ ފަސް ލާރި ކަމަށް ވަނީ ކަނޑައަޅާފައެވެ.
އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބަށް ޒަކާތު ހައުސްއިން ބަދަލު ގެނެސްފައިވަނީ މިދިޔަ އޮކްޓޫބަރުގެ މަހުގެ 10ގައެވެ. އޭރު ޒަަކާތުގެ ނިޞާބު ކުޑަކުރީ 9353.40 ރުފިޔާއިން 9240.35 ރުފިޔާއަށެވެ.
ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށްވާއިރު، އާންމުކޮށް މުދަލުގެ ޒަކާތުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރަށް ވެސް ބަދަލުތަކެއް އާދެއެވެ.
އަހަރެއް ވަންދެން މުދަލުޒަކާތުގެ ނިޞާބު ހަމަވާވަރަށް އަތުގައި ފައިސާ ހުރެއްޖެނަމަ އޭގެތެރެއިން ސާޅީސްބައިކުޅަ އެއްބައި ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ވާޖިބެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް