އިސްރާއީކުން ލުބުނާނަށް ހަމަލާދެނީ
އިސްރާއީކުން ލުބުނާނަށް ހަމަލާދެނީ
ދުނިޔެ 07 Sep 2024 | 08:55

އިސްރާއީލުން ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

އިސްރާއީލުން ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ހުކުރު ދުވަހުގެ ރޭ އަރަބި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު ސަރުކާރުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ލުބުނާނުގެ ދެކުނުގެ ސަރަހައްދަށާއި ހިފާފައިވާ ފަލަސްތީނުގެ ބޯޑަރު އަވަށްތަކަށް އަނެއްކާވެސް ހަމަލާތަކެއް ދީފިއެވެ.

އަދި ރޭގައި 20 އަށްވުރެގިނަ ހަމަލާވަނީ ދީފައެވެ.

މި ހަމަލާތަށް ދީފައިވަނީ ލުބުނާނުގެ އިސްރާއީލާ ގުޅޭ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަން ތައްޔާރުވަމުން ދާކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ހެރްޒީ ހަލެވީ އިއްޔެ ބުނީ އިސްރާއީލުގެ ސިފައިން ލުބުނާނުގެ ސަރަޙައްދަށް އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ހަލެވީ އިތުރަށް ބުނީ ވޭތުވެދިޔަ މަހު ތެރޭގައި ހިޒްބުﷲގެ ގިނަ އަދަދެއްގެ ހަތިޔާރާއި ހަނގުރާމަވެރިން ނައްތާލާފައިވާ ކަމަށެވެ. އަދި އިސްރާއީލުގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމަށްޓަކައި ހިޒްބުﷲގެ ޤާބިލުކަން ދަށްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް