މުހުތާޒް ހާރިޖިއްޔާއަށް ބަދަލުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން، ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކުރައްވައިފިއެވެ.
މުހުތާޒު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރެއްވިކަން ވޮއިސްއަށް ކަށަވަރުވެފައިވާއިރު، މުހުތާޒް މިހާތަނަށް ހުންނެވީ ރައީސް ޑރ.މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރެއްގެ ގޮތުގައެވެ.
މުހުތާޒް ރައީސްގެ އެޑްވައިޒަރަކަށް ހަމަޖައްސަވާފައިވަނީ، މިއަހަރުގެ ޖެނުއަރީމަހުގެ 30 ވަނަ ދުވަހުއެވެ. މީގެކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމް ފުރުއްވި މުހުތާޒް ޕީއެންސީއާ ގުޅިވަޑައިގެންނެވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ތެރެއިންނެވެ.
މުހުތާޒް ވަނީ ދަނގެތީ ދާއިރާއަށް ވާދަކުރެއްވުމަށް ޕްރައިމަރީގައިވެސް ވާދަކުރައްވާފައެވެ. ނަމަވެސް އޭނާއަށް ވަނީ ޕްރައިމަރީގައި ނާކާމިޔާބުވެފައެވެ. ހާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރަކަށް މުހުތާޒު ހަމަޖައްސަވާފައިމިވަނީ، ޕީޖީގެ މަޤާމަށް އޭނާ އައްޔަނުކުރާނޭ އަޑުތައް ފެތުރުފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް