މަޖިލީހަށް ވާދަނުކުރައްވަން އާޒިމާ ނިންމަވައިފި
ނިމިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ ކަމުގެ މަގާމު އަދާކުރެއްވި އަލްެއުސްތާޛާ އާޒިމާ ޝުކޫރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ.
އާޒިމާއަށް މީގެކުރިން ވަނީ ޕީޕީއެމްގެ ޓިކެޓުގައި ހޮޅުދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައެވެ. އެހެނަސް އެޓިކެޓް އާޒިމާ ވަނީ ދޫކޮށްލައްވާފައެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޕީއެންސީއާއި ޕީޕީއެމްގެ ޕްރޮގްރެސިވް ކޯލިޝަންގައި އިސް ދައުރެއް އަދާކުރައްވާ އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ އާޒިމާ ޓިކެޓް ދޫކޮށްލައްވަން ނިންމަވާފައިވަނީ އަމިއްލަ ސަބަބުތަކާއި ގުޅިގެން ކަމަށެވެ.
އާޒިމާގެ ބަދަލުގައި އެ ކޯލިޝަނުން ހޮޅުދޫ ދާއިރާއަށް ވާދަކުރާނީ އަހުމަދު ހަމްދާން ނާސިރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް