އަރަބިއްޔާގެ ޓީޗަރުންގެ މައްސަލަ ހައްލުކޮށްދޭން ޑރ. ޝަހީމް މަސައްކަތް ކުރައްވަނީ
އަރަބިއްޔާ ސްކޫލަށް މިސްރުގެ އަލް އަޒްހަރުން އަންނަންޖެހޭ ޓީޗަރުން އައުން ލަސްވުމާއި ގުޅިގެން،އެކަން ހައްލުކުރުމަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މަސައްކަތް ފައްޓަވައިފިއެވެ.
އެބޭފުޅާ އެކަން ހާމަކުރައްވާފައިވަނީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
ޑރ.ޝަހީމް ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އުސްތާޛުން ހަަމަނުވެގެން ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ބައެއް ބެލެނިވެރިން އެބޭފުޅާއާއި ހިއްސާކުރައްވާފައިވާ ކަމަށެވެ.
އެހެންކަމުން އެބޭފުޅާގެ ފަރުދީ މަސްއޫލިއްޔަތުގެ ދަށުން އެކަން ހައްލުކުރުމަށް އަޒްހަރު ޔުނިވަރސިޓީގެ އެކަމާއި ގުޅޭ އެންމެ އިސްވެެރިންނަށް ފޯނުކުރައްވާފައިވާކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ ދުއާއަކީ އަދި އުންމީދަކީ އެކަމަށް އަވަަސް ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް އިތުރު އެހީތެރިކަމެއް ކަމުގައި މިކަން ވުމެވެ"، ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ފާހަގަކުރެވިފައިވަނީ އަރަބި އިސްލާމީ ގައުމުތަކުގެ މެދުގައި މަގްބޫލު އަދި ބަސްވިކޭ ފަރާތެއްގެ ގޮތުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް