އީރާގުގެ ރައްޔިތުން-- ފޮޓޯ: ރޮއިޓާސް
އީރާގުގެ ރައްޔިތުން-- ފޮޓޯ: ރޮއިޓާސް
ދުނިޔެ 02 Sep 2024 | 05:29

27 އަހަރަށްފަހު ކުރިއަށްގެންދާ ބޯހިމެނުމުގެ ހަރަކާތަށް، 2 ދުވަހަށް އިރާގުގައި ކާފިއު އިއުލާނު ކުރަނީ

އިރާގުގައި 27 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބޯހިމެނުމުގެ ސަރވޭއަށް މިއަހަރުގެ ނޮވެމްބަރު މަހު ދެ ދުވަހުގެ ކަރްފިއުއެއް އިއުލާނުކުރުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން އީރާގުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާ އަލް-ސުދާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ސާރވޭއަށްޓަކައި،  ނޮވެމްބަރު 20 އަދި 21 ގައި އިރާގުގެ ހުރިހާ ސަރަޙައްދެއްގައި ކާފިއު އިއުލާނު ކުރާނެ ކަމަށެވެ.

އެގައުމުގެ ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި މަސައްކަތަށް އެކި ފިޔަވަޅުތައް ނިންމާފައިވެއެވެ. މީގެ ތެރޭގައި ތަފާސްހިސާބު ނަގާ މުވައްޒަފުން ތަމްރީނުކުރުމަށް ކުރްދިސްތާނު ސަރަޙައްދީ ސަރުކާރާއެކު ވިލަރެސްކުރުން ވެސް ހިމެނެއެވެ.އަދި މުވައްޒަފުން ތަމްރީނުކުރުމަށް ކްލާސްރޫމްތަކާއި ޒުވާނުންގެ މަރުކަޒުތައް ފޯރުކޮށްދިނުމުގައި ގިނަ މިނިސްޓްރީތަކުން އެހީތެރިކަން ލިބޭނެ ކަމަށްވެސް މި ރިޕޯޓުތަކުގައި ބުނެއެވެ.

އެތައް އަހަރެއްގެ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން އިރާގުން މީހުން ގުނުމުގެ ސަރވޭ އެތައް ފަހަރެއްގެ މަތިން ފަސްކޮށްފައިވެއެވެ.

ކޮންމެ 10 އަހަރަކުން ބޯހިމެނުމުގެ ހަރަކާތް ބާއްވަމުން އައި އީރާގުގައި އެންމެ ފަހުން އާންމު މީހުންގެ އަދަދު ބެލުމުގެ ސަރވޭއެއް ބޭއްވުނީ 1997 ވަނަ އަހަރު އެގައުމުގެ 15 ޕްރޮވިންސްގައެވެ. މީގެ ތެރޭގައި ސެމީ-އޮޓޮނޮމަސް ކުރްދިސްތާން ސަރަޙައްދު ހިމެނޭ  3 ޕްރޮވިންސް ނުހިމެނެއެވެ.

މިހާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި އެ ޤައުމުގެ އާބާދީއަކީ ގާތްގަނޑަކަށް 43 މިލިއަން މީހުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް