ސްވިޒްލޭންޑްގައި ބުރުގަލާއި ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް- ފޮޓޯ: ޑީޑަބްލިއު
ސްވިޒްލޭންޑްގައި ބުރުގަލާއި ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް- ފޮޓޯ: ޑީޑަބްލިއު
ދުނިޔެ 10 Nov 2024 | 08:46

އަންނަ އަހަރުން ފެށިގެން ސްވިޒްލޭންޑްގައި ބުރުގާ އެޅުން މަނާކުރަނީ

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްވިޒްލޭންޑްގައި ބުރުގާ އެޅުމާއި މޫނު ނިވާކުރުން މަނާވާނެކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ 2021 ވަނަ އަހަރު ނިއުޓްރަލް ސްވިޒަލޭންޑްގައި ބޭއްވި ރިފަރެންޑަމެއްގައިއެވެ.

އެގައުމުގެ މުސްލިމް ޖަމިއްޔާތަކުން މިކަން ކުށްވެރިކޮށްފައިވާއިރު، މިއީ 2009 ވަނަ އަހަރު އެގައުމުގެ އާ މުންނާރުތައް މަނާކުރި ޖަމާއަތަކުން ފެށި ހަރަކާތެކެވެ.

ގަވަރުނަރު ފެޑެރަލް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބުރުގާ އެޅުން މަނާކުރާ ތާރީޚުން ފެށިގެން، މި ގާނޫނާއި ހިލާފުވާ ކޮންމެ މީހަކު 1،000 ސްވިސް ފްރާންކް (1،144 ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް، އެގައުމަށް ދަތުރުކުރާ މަތިންދާބޯޓުތަކުގައި ތިބޭ ފަރާތްކާއި، ޕްލޮމެޓިކް އަދި ކޮންސިއުލާތަކަށް މިއުސޫލުތައް ނުހިގާނެ ކަމަށާއި، އަޅުކަންކުރާ ތަންތަނާއި އެހެނިހެން މުޤައްދަސް ތަންތަނުގައި ވެސް މޫނު ނިވާކުރެވިދާނެ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކުރެއެވެ.

ހަމައެއާއިއެކު، ސިއްހީ ގސަބަބުތަކާ ހުރެ ނުވަތަ އާދަކާދަތަކާއި ގުޅިގެން އަދި މޫސުމުގެ ހާލަތުގެ ސަބަބުން މޫނު ނިވާކުރުމުގެ ހުއްދަ ދެމިއޮންނާނެ ކަމަށާއި،  ފަންނުވެރިކަމާއި މުނިފޫހިފިލުވުމުގެ ގޮތުންވެސް މި ހުއްދަ ދޫކުރެވޭނެކަމަށް ވެސް އެގައުމުގެ ސަރުކާރުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް