ޓިއުޝަން ޓީޗަރަކު އޭނާގެ ދަރިވަރު ރޭޕްކޮށްފި
އިންޑިޔާގެ ޣާޒިއާބާދްގައި ޓިއުޝަން ޓީޗަރަކު، އޭނާގެ ހަ އަހަރުގެ ދަރިވަރަކު ރޭޕްކޮށްފިއެވެ.
މި އަންހެންކުއްޖާ ރޭޕްކޮށްލުމަށްފަހު މަރާ އެއްލާލައިފާވާކަން ފުލުހުންނަށް އެނގުނީ، އެކުއްޖާ ގެއްލިގެން ހޯދަނިކޮށެވެ. މި ކުއްޖާގެ ހަށިގަނޑު ފެނުނީ، ކުއްޖާގެ ބައްޕައަށްކަން ފާހަގަކޮށްލެވެއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެކުއްޖާ މިދިޔަ ހޯމަ ދުވަހު ޓިއުޝަނަށް ގޮސްފައި، އެނބުރި އައިސް ބޭރަށް ދިޔަގޮތަށް ގެއްލުނީކަމަށެވެ.
މި ހާދިސާއާއި ގުޅިގެން އެކުއްޖާގެ ޓިއުޝަން ޓީޗަރ ފައިޒުލް އިސްލާމް ހައްޔަރުކުރުމާއި އެކު، އޭނާ ވަނީ ކުށަށް އިއުތިރާފްވެފައެވެ.
މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް