އުމްރާގެ އަޅުކަންއަދާކުރާ ތުއްތު ކުއްޖަކު: ފޮޓޯ/ އިންޓަނެޓް
އުމްރާގެ އަޅުކަންއަދާކުރާ ތުއްތު ކުއްޖަކު: ފޮޓޯ/ އިންޓަނެޓް
ދީން 02 Jan 2026 | 08:47

ނެޕީ ޖަހާ ތުއްތު ކުދިން ގޮވައިގެން އުމްރާކުރާއިރު އެނގެންޖެހޭ ކަންކަން

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މައްކާގެ ބަރަކާތްތެރި ބިމަށް އުމްރާގެ އަޅުކަން އަދާކުރުމަށް ދާ ގިނަ ބެލެނިވެރިން، އެމީހުންގެ ތުއްތު ދަރިން ގޮވައިގެން ދާއިރު، ކުޑަކުދިންނާ ގުޅޭ ދީނީ ބައެއް ހުކުމްތައް އޮޅުންފިލާފައި އޮތުމަކީ ނުހަނު މުހިންމު ކަމެކެވެ.

ޚާއްޞަކޮށް ނެޕީ ޖައްސާ އުމުރުގެ ކުދިން ގޮވައިގެން ޠަވާފުކުރުމާއި އިޙްރާމްގެ ކަންކަމުގައި އަމަލުކުރަންޖެހޭ ގޮތްތައް ދީނީ އިލްމުވެރިން ވަނީ ބަޔާންކޮށްދެއްވާފައެވެ.

އެކަމުގެ ތަފްސީލް ދެއްވައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ނެޕީ ޖައްސާ ތުއްތު ކުއްޖަކު ގޮވައިގެން އުމްރާކުރާ ނަމަ، ނެޕީ ހަޑިނުވެ ހުރި ނަމަ ޠަވާފް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަދި ހަޑިވެފައި ހުރި ނަމަ ޠަވާފްގެ ކުރިން ސާފުކޮށްފަ ޠަވާފު ފަށޭނެ ކަމަށާ، ޠަވާފުގެ ތެރޭގައި ނެޕީ ހަޑިވިޔަސް އެއްވެސް ގެއްލުމެއްނެތް ކަމަށާ އެ ކުޑަކުއްޖާގެ ޠަވާފް ޞައްޙަވާނެ ކަމަށް ވިދާލުވުއެވެ.

މީގެ އިތުރުން ކަންކަން ދިމާވާގޮތުން ބެލެނިވެރިޔާއަށް ވަގުތު ނުލިބުމުގެ ސަބަބުން ސާފުކުރަން ދަތިވެ ހަޑިވެފައިހުރި ނެޕީއާއެކު ތުއްތު ކުއްޖަކު ގޮވައިގެން ޠަވާފު ކުރަން ދާން ޖެހުނަސް އެކުއްޖާގެ ޠަވާފް ޞައްޙަވާނެ ކަމަށާ ބެލެނިވެރިޔާގެ މައްޗަށް ވެސް އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޝަހީމް ވިދާލުވުއެވެ.

ސަބަބަކީ އެކުއްޖާއަކީ މުކައްލަފަކަށް ނުވުން. އެކުއްޖާ އިޙްރާމްގައި ހުރެ ކުރުން މަނާކަމަކާ ގުޅިގެން ވެސް އެކުއްޖާވެެސް ބެލެނިވެރިޔާވެސް އެއްވެސް ފިދުޔައެއް ދައްކާކަށް ނުޖެހޭނެ.

ޑރ. ޝަހީމް ޢަލީ ސަޢީދު

ހަމަ އެހެންމެ އިހްރާމް ފޭލި ކުޑަކުދިންގެ ސައިޒަށް ބުރިކޮށްފަ ހަދާފަ ހުރުމަކީވެސް މައްސަލައެއްނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޑަކުދިން މައްކާ މަދީނާއަށް ގެންދިއުމާއި އަޅުކަންކަމުގައި ބައިވެރިކުރުމަކީ ބެލެނިވެރިންނަށް އެކަމުގައި ސަވާބު ހުރިކަމެއް. އެކުދިންނަށް ވެސް الله ބަރަކާތް ލައްވާނެކަމެއް. އިންޝާ الله.

ޑރ. ޝަހީމް ޢަލީ ސަޢީދު

މިފަހުން ރާއްޖޭގައިވެސް އުމްރާގެ މަތިވެރި އަޅުކަމަށްދާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ޚާއްސަކޮށް ސްކޫލް ބަންދުގައި ކުދިން ގޮވައިގެންދާ މީހުން އިތުރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
08 Oct 2026 ހަބަރު

ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ

ޝަރުޢީ ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮށްނަކަމުގެ މައުލޫމާތު ވެސް ބައެއް ފަހަރު ލިބޭ ކަމަށް ވިދާޅުވެ އެކަމުގެ ހުކުމް ބަޔާންކޮށް ދެއްވާ އެފަދަ ކަންކަމުން ދުރުވުމަށް އިސްލާމީކަންތަ...

މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
24 Sep 2026 ހަބަރު

މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ

މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންވާ ގޮތަށް ހަމަޖެހިއްޖެ އެވެ. މިކަން އިއުލާނު ކުރެއްވީ، މިރޭ ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައ...

އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
22 Sep 2026 ހަބަރު

އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި

ރާއްޖޭގެ އިމާމުން ނަމާދު ކުރާއިރުލާނެ ހެދުމެެއްގެ ނަކަލެއް އާންމުކޮށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވަނީ އިމާމުންނާއި ހަތީބުންނަށް...

އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރުމަށް ތާރީޚީ ފަންނުވެރިންގެ އެހީއަށް އެދިއްޖެ
14 Sep 2026 ހަބަރު

އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރުމަށް ތާރީޚީ ފަންނުވެރިންގެ އެހީއަށް އެދިއްޖެ

ރާއްޖޭގެ އިމާމުން ނަމާދު ކުރައްވާއިރު ތުރުކުރައްވާނެ ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް މިއަދު ހާމަކުރައްވައިފިއެވެ. އެކްސްގައި ކުރ...

އަދާލަތު ޕާޓީ ދޫކުރައްވައި މިނިސްޓަރު ޑރ. ޝަހީމް ޕީއެންސީއާ ގުޅިވަޑައިގެންފި
06 Sep 2026 ހަބަރު

އަދާލަތު ޕާޓީ ދޫކުރައްވައި މިނިސްޓަރު ޑރ. ޝަހީމް ޕީއެންސީއާ ގުޅިވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދާލަތު ޕާޓީ ދޫކުރައްވައި ވެރިކަންކުރާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ. އިލެކްޝަންސް ކޮމި...

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ދިމާކޮށް އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅަނީ
21 Aug 2026 ހަބަރު

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ދިމާކޮށް އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅަނީ

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ދިމާކޮށް ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅަން ތައްޔާރީތައް ވަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. ރާއްޖ...