ބާޖަކުން ޖެހި ހުޅުމާލެ ލަކުޑި ޖެޓީގެ އާއްމުކޮށް ބޭނުންކުރާ ފާލަން ހަލާކުވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބާޖަކުން ޖެހި ހުޅުމާލެ ލަކުޑި ޖެޓީގެ އުތުރު ފާލަން ހަލާކުވެއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ބާޖަކުން ޖެހި ހަލާކުވެފައިވަނީ ލަކުޑި ޖެޓީގެ އާއްމުކޮށް ބޭނުންކުރާ ފާލަމެވެ. މި ހާދިސާގައި ލަކުޑިޖެޓީގެ ކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެޗްޑީސީން ވަނީ ގެއްލުން ލިބުނު ޖެޓީ ބޭނުން ނުކުރުމަށް އިލްތިމާސްކޮށް، އެ ޖެޓީއަށް ނޭރޭނެހެން ޓޭޕް ދަމައި ބަންދުކޮށްފައެވެ.

އެޗްޑީސީން ބުނީ އެތަނަށް ލިބިފައިވާ ގެއްލުންތައް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ލިބުނު ގެއްލުންތައް ބަލައި މަރާމާތުކޮށް އާއްމުކޮށް ބޭނުންކުރުމަށް ހުޅުވާނުލަނީސް ފާލަމަށް ނޭރުމަށް ވަނީ އެދިފައެވެ.
ލަކުޑުި ޖެޓީގެ އުތުރު ފާލަން ބަންދުކުރުމާ ގުޅިގެން އުޅަނދުތަކުން މީހުން އަރާ ފޭބުމަށް މިހާރު ބޭނުންކުރަނީ ދެކުނު ފާލަމެވެ.

ލަކުޑި ޖެޓީގެ ހަލާކުވި ފާލަމަކީ ސަފާރީތަކާއި، ޑައިވް ސެންޓަރުތަކާއި އަދި ރަށްރަށާއި ރިސޯޓްތަކުން ހުޅުމާލެއަށް އަންނަ ލޯންޗުފަހަރުތަކުން އާއްމުކޮށް ބޭނުންކުރާ ފާލަމެވެ. އެޗްޑީސީން ވަރަށް ފަހުން ވަނީ މި ޖެޓީ މަރާމާތުވެސް ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް