ހުސްނުއް ސުއޫދު ސަސްޕެންޑްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ވަކި މުއްދަތެއް ނެތް ގޮތަކަށް ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ސަސްޕެންޑް ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.
ސްޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު ސުއޫދު ކުރެއްވި ޓްވީޓަކާއި ސުއޫދާއި ހަވާލާދީ ވީމީޑިއާގައި ޖަހާފައިވާ ހަބަރަކާއި ގުޅިގެން މައްސަލައެއް ބަލަމުންދާތީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ސުއޫދު ވަކާލާތު ކުރުން މިއަދުން ފެށިގެން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލަތައް ބަލައި ނިމެންދެން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ސުއޫދު އަށް ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން މިއަދުން ފެށިގެން މަނާކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މީގެކުރިން ބައެއް މައްސަލަތަކުގައި ސުއޫދު ސަސްޕެންޑް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް