ހަނދެއް ނުފެނުނު؛ މާދަމާ އަކީ ފަހު ރޯދަ، އީދަކީ ހުކުރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ މި އަހަރުގެ ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅާ އެކަން ސަރުކާރުން އިއުލާނު ކުރައްވައިފި އެވެ.
ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން ފަލަކީ ކޮމެޓީން ބައްދަލްވެ މިރޭ ވަނީ ހަނދާ ބެހޭ ގަރާރު އިއްވާފަ އެވެ. އެ ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ރަށަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ.
އަދި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖެއިން އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތީން މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ މި އަހަރުގެ ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް