ގައުމު ދޫކޮށް ފިލާހާ ފިނޑިއެއް ނޫން : ޝައިނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހި ރާއްޖެ ދެކެ ވަރަށް ލޯބިވާކަމަށާ އަދި ގައުމު ދޫކޮށް ފިލާހާ ފިނޑިއެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްދު ޝައިނީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމިން ޓީމާ އެކު ދިވެހިރައްޔިތުންނަށް ހިދުމަތް ކޮއްދެވުނީތީ އުފާވާކަން ފާހަގަ ކުރެއްވިއެވެ.
އަދި ދިވެހިންގ ހައްގުގައި ކޮއްދެވުނު ކަންކަމަށް ފަހުރުވެރިވ ލައްވާކަމަށެވެ.
އެއީ ގައުމު ދޫކުރައްވާ ވަޑައިގަންނަވަންޖެހޭނެ ސަބަބެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ގައުމަށް ހިދުމަތް ކުރަންލިބޭ ކޮންމ ފުރުސަތެއް ގަބޫލުފުޅުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރ ޝައިނީ ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަތުމާ އެކު ޤައުމު ދޫކޮށް ފިއްލެވީ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ.
ޝައިނީ މި ދަތުރު ފުޅާ ބެހޭގޮތުން ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ދަރިފުޅުގެ ސްކޫލް ކަމެއްގައި ކަމަށާއި އަންނަ އާދިއްތަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް