ގާސިމް އިބްރާހީމް ރާއްޖެ ވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނޮރަބަލް ގާސިމް އިބްރާހީމް ރާއްޖެ ވަޑައިގެންފިއެވެ. އެއާޕޯޓުން ގާސިމަށް މަރުހަބާ ދެންނެވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ކަފާލާތުގެ ދަށުން ހައި ކޯޓޫން މިނިވަން ކުރުމާއި ގުޅިގެންނެވެ.
ގާސިމްއާއެކު ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު އަދި ޑރ. ޝާހު މާހިރުވެސް ވަނީ ރާއްޖެ އައިސްފައެވެ.
ގާސިމަށް މަރުހަބާ ކިޔުމަށް އެއާޕޯޓް އަދި ފާލަންމައްޗައް ވަނީ އެތައް ބަޔަކު އެއްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް