ބަސް ދަތުރުތަކުން ފައިސާ ނަގަން ފަށައިފި
މާލެއާއި ހުޅުމާލެއާއި ދެމެދުގައި ބާއްވާ ބަސް ދަތުރުތަކުން ފައިސާ ނަގަން ފަށައިފިއެވެ.
އެމްޕީއެލްއިން މައުލޫމާތުދޭގޮތުގައި މިއަދުން ފެށިގެން މާލެއިން ހުޅުމާލެ އަދި ހުޅުލެއަށް ދާ ބަހުން ދެވޭނީ 10 ރުފިޔާ ދައްކައިގެން ކަމަށެވެ. އެގޮތުން ދެން ބަހުގެ ހިދުމަތް ބޭނުންކުރެވޭނީ ޓަޗްލިންކް ކާޑެއް ބޭނުންކޮށްގެންކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
މާލޭގައި ހުންނަ ބަސް ޓާމިނަލުންނާއި، ހުޅުމާލޭގައި ހުންނަ ބަސްޓާމިނަލުން ކާޑު 20 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި އެތަންތަނުން ބޭނުން ވަރަކަށް ކާޑަށް ފައިސާ އެޅޭނެކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.
ބަސްދަތުރަށް ލާރި ކެނޑުމަށްޓަކައި ބަސްތަކުގައި ޚާއްސަ ސެންސަރ މެޝިނެއް ހުންނާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް