ހެލިކޮޕްޓަރ ދުއްވާނެ ދިވެހި ޕައިލެޓުން ތަމްރީނުކުރަން ހުޅުވާލަނީ
ދިވެހި ޕައިލެޓުން ތަމްރީނު ކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އެކަމަށް އިންޑިއާއިން ވެސް އެއްބާރުލުން ދޭނެކަން އަންގާފައި ވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުުޅު ދައްކަވަމުން ކޯސްޓްގާޑުގެ ކޮމާންޑަރު އަލީ ޒުހައިރު ވިދާޅުވީ އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުގައި މިހާތަނަށް ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި 36 އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 90 އިންސައްތައަކީ ބަލި މީހުން އުފުލުމުގެ އޮޕަރޭޝަން ކަމަށެވެ.
ޒުހައިރު ވިދާޅުވީ ބަލި މީހުން އުފުލުމުގައި ރާއްޖޭގެ އެކި ހިސާބުތަކުން ކަނޑުމަގުން މީހުން މާލެ ގެނައުމަށް ބޮޑެތި ދަތިތަކެއް ހުރިއިރު އެންމެ ބޮޑު މައްސަލަތަކެއް ހުރިއިރު، ހެލިކޮޕްޓަރގެ ސަބަބުން އެކަން ފަސޭހަވެފައިވާކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމާއި ޑައިވިންއަށް ގޮސްގެން ހާލުދެރަވާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެންމެ ކައިރީގައިވާ ސިއްހީ ފަރުވާދޭ ތަންތަނަށް ގެންދިއުމާއި މާލެ ގެނައުމަށް ވެސް ހެލިކޮޕްޓަރުގެ ބޭނުން ހިފަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް