ކޮމިޝަނުން ފާހަގަކުރި ކަންކަމަށް ގާނޫނީގޮތުން ފިޔަވަޅު އަޅާނަން: ރައީސުލްޖުމްހޫރިއްޔާ
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ފާހަގަކުރި ކަންކަމަށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން އެކުލަވާލުމުގެ އެއް މަގުސަދަކީ ރިޟްވާނަށް ވީގޮތް ހޯދައި، އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެފަދަ ކަމެއް މުޖުތަމައުގައި އަލުން ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން ކަމަށެވެ.
އަދި ކޮމިޝަނުގެ ދެވަނަ ޑްރާފްޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަގީންކަން ރައީސް ޞާލިހު ވަނީ ދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް