ޖޭޕީއިން މަޖިލީހުގައި ވާދަކުރަނީ 22 ދާއިރާއަކަށް
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއިން ވާދަކުރާނީ 22ގޮނޑިއަށްކަމަށް އެޕާޓީގެ ކައުންސިލް މެންބަރު އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަލީހު މިހެން ވިދާޅުވީ އަވަސް ހުކުރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަލީހު ވިދާޅުވީ އެޕާޓީން 22 ދާއިރާއަކަށް ކުރިމަތިލާން ނިންމީ، އެޕާޓީން ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ވީ އެއްބަސްވުމަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ގޮނޑިތައް ބަހާލައިގެން ޕާޓީތަކުން މަޖިލީހަށް ނިކުމެއްޖެނަމަ މެޖޯރިޓީ ހޯދިގެންދާނެކަމަށާއި ކޯލިޝަން ބައިވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރިކަމުގައިވިޔަސް ހުރިހާ ޕާޓީތަކުން ކޯލިޝަން އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތާނެކަމަށެވެ.
މަލީހު މިހެން ވިދާޅުވެފައި ވީނަމަވެސް، ކޯލިޝަންގެ މައި ޕާޓީކަމުގައިވާ އެމްޑީޕީން ވަނީ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމައި، އިއުލާންކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް