މިއަދު ހިލޭ 100ހެލްމެޓް ބަހަނީ
ގުރުއަތުން ހޮވޭ ސަތޭކަ ފަރާތަކަށް މިއަދު ހެލްމެޓް ދިނުމަށް ނިންމައިފިއެވެ.
މި ފަރާތްތަކަށް ހެލްމެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15އިން ފެށިގެން ރޭގަނޑު ދިހައެއް ޖަހަންދެން ރަސްފަންނުގައި ކުރިއަށްދާ ފެއާއެއްގައި ބައިވެރިވެެގެން، ގުރުއަތުން ހޮވިގެންނެވެ.
މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ފެއާ އަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ ފެއާ އެކެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު މާލޭގައި ހިނގާލުމެއް ވެސް ވަނީ ބާއްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް