N/A
N/A
ހަބަރު 13 Oct 2018 | 15:45

ނޮވެމްބަރ 1 ގައި ރައީސް ނަޝީދު ވަޑައިގެންނެވުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ނިމިގެން މިދާ ހަފްތާއަކީ 23 ސެޕްޓެމްބަރގައި ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަހަށް އަމާން ދުވަސްކޮޅެއް އަތުވެދާނެކަމަށް ގިނަ ދިވެހިންނަށް ހީކުރެވިފައިވާ ހީކުރުންތަކަށް އަނެއްކާވެސް ހިޔަނި އެޅިގެންދިޔަ ޚަބަރުތަކެއް އިވިގެންދިޔަ ހަފްތާއެކެވެ. އެއްޚަބަރަކީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ޓްވީޓާގައި އިއުލާންކުރެއްވި އިއުލާންކުރެއްވުމެވެ. އަދި ހަމައެއާއެކު އެމްޑީޕީގެ ސެކްރެޓެރިއޭޓުންވެސް އެމަނިކުފާނަށް ނޮވެމްބަރު އެއްވަނަ ދުވަހު މަރުހަބާ ދެންނެވުމަށް ތައްޔާރުވަމުންދާކަމަށް ޕާޓީގެ މެމްބަރުންނަށް ޓްވީޓަކުން ޚަބަރު ދީފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޮވެމްބަރ އެއްވަނަ ދުވަހު ރާއްޖެވަޑައިގަތުމަށް ކުރެއްވި އިއުލާނާއިގުޅިގެން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ ޕާޓީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއް، އެމްޑީޕީއާއި ގުޅިގެން ރައީސް ޔާމީން އިންތިޚާބުން ބަލިކުރުމަށް އެންމެ ބޮޑު ރޯލެއްކުޅުނު ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރި ޓްވީޓެއް ކުރައްވައިގެން އެކަން އެމްޑީޕީގެ ލީޑަރޝިޕްގެ އެންމެ އިސްބޭބޭފުޅުންނާހަމައިން ފެށިގެން އެޕާޓީގެ ގްރާސްރޫޓް އެކްޓިވިސްޓުންނަށް ދަންދެން ގެންދަވަނީ ގާސިމަށް ބޮމް އަޅުއްވަމުންނެވެ. ވަރަށް ހަރުކަށި އިބާރާތްތައް ބޭނުންކުރައްވައިގެން ހިތުގެ އަޑީގައި ރައްކާކުރެވިފައިވާ ޝުއޫރުތައް ބަނޑުންކުރަމުންނެވެ.

އެހެންވުމުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރިޔާސަތާއި ހަވާލުވުމުގެ ކުރިން ކޯލިޝަންގެތެރޭގައި ނުތަނަވަސްވުންތަކެއް އުފެދިގެންދިޔައީއެވެ.

ކޯލިޝަންތެރޭގައި މިއުފެދުނު ނުތަނަވަސްކަމާމެދު ވިސްނާލުމުން ސުވާލުތަކެއް އުފެދެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ޕާޓީގެ އިންތިޚާބީ ރައީސް ހުވައިނުކުރައްވަނީސް މާލެވަޑައިގަތުމަށް ނިންމެވީ ކީއްވެގެން ހެއްޔެވެ.

އަދި ޕާޓީގެ ސަޕޯޓަރުން ނަޝީދަށް މަރުހަބާ ދެންނެވުމަށް މަގުމައްޗަށް ނެރުމަށް ޕާޓީން އިންތިޒާމުފެށީ ކީއްވެގެންހެއްޔެވެ. ރައީސް ނަޝީދު އަދި ހުންނެވީ ޓެރަރިޒަމްގެ ކުށްސާބިތުވެ ހުކުމް ތަންފީޒުކުރައްވާ ކުށްވެރިއެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް އެހެންގޮތަކަށް ބަދަލުގެނެވޭނީ ހަމައެކަނި ސުޕްރީމް ކޯޓަށްކަމަށްވިޔަސް އެހުކުމް ރިވިއުކުރުމާއިގުޅޭ އެއްވެސް ކަމެއް އެމަނިކުފާނުގެ ވަކީލުން ނުކުރައްވައެވެ.

ޕޮސިބްލް ސިނޭރިއޯ

ކަންމިހެންއޮތް އިރު ހުކުމް އޮތްގޮތަށް އޮވެ ނޮވެމްބަރ އެއްވަނަ ދުވަހު ރާއްޖެވަޑައިގަތުމުން، ކަނޑައެޅިފައިވާ ގާނޫނީ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ހިގާކަމަށްވާނަމަ ވަޑައިގަންނަވަންޖެހޭނީ ޖަލަށެވެ.

އެމަނިކުފާނުގެ ސަޕޯޓަރުންގެ ކުރިމައްޗަށް ވަޑައެއްނުގެންނެވޭނެއެވެ. އެކަމަކު ރައީސް ނަޝީދުގެ ޓްވީޓާއި ޕާޓީގެ ޓްވީޓްގައިބުނެފައިވާ ވާހަކައަށް ބަލާނަމަ ނަޝީދު ޖަލަށް ވަޑައިގެންނެވުމަށް ޕާޓީން ދޫނުކުރާނެއެވެ. ޕާޓީގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ދައުރުކުރައްވާ އެމަނިކުފާނުގެ ފޮޓޯފުޅެއްގައި ލިޔެފައިވަނީ ނޮވެމްބަރ އެއްވަނަ ދުވަހު ރައީސް ނަޝީދަށްޖެހޭ ހާލެއްޖެހެން އެމީހުން ނުކުންނަން ތިބިކަމުގައެވެ.

އެހެންވީމާ ދެން ވާން އޮންނާނީ ދެގޮތެކެވެ. އެއްގޮތަކީ ރައީސް ނަޝީދަށްޓަކައި ގާނޫނާއި ގަވާއިދަށް އަމަލުކުރުން ހުއްޓައިލުމެވެ. ބާރުއަންނަން އޮތީ އެމަނިކުފާނުގެ ޕާޓީއަށްކަމަށްވުމާއެކު އެމަނިކުފާނުގެ ގައިކޮޅުގައި އަތްލާން ކެރޭނެ ފުލުހެއް ލޯ އެންފޯސްދާއިރާގެ މީހަކު ނުހުންނާނެއެވެ.

ކަރެކްޝަނަކުން އަޅައެއް ނުލާނެއެވެ. ހޯމް މިނިސްޓްރީއަކުން ފުލުހުންގެ އިދާރާއަކުން އެކަމުގެތެރެއަށް ވަންނަން ބޭނުންނުވާނެއެވެ. ގާނޫންއާއި ގަވާއިދުތައް އޮންނާނީ އޮންނަތާކުއެވެ. ވެރިކަމަށް އަންނަން އޮތީ އެމަނިކުފާނުގެ ޕާޓީ އަށް ވުމުންނެވެ.

ދެވަނަ ގޮތަކީ ހުކުމަށް ބަދަލެއް ނައިސް ރާއްޖެވަޑައިގެންފިނަމަ ގާނޫންތައް ތަންފީޒުކުރުމަށް ކަރެކްޝަންގެ ބެލުމުގެ ދަށަށް ރައީސް ނަޝީދު އެމަނިކުފާނަށް ތާއީދު ކުރާމީހުންގެ ރުހުމާއި ދެކޮޅަށް ގެންދަން އުޅުމެވެ. ޕާޓީގެ ކުރީގެ ރައީސް އަލްހާން ފަހުމީއާއި ގާސިމް އިބްރާހިމް އެއިޝާރާތްކުރައްވަނީ މިފަދަ ހާލަތެއް އުފައްދަވަން ނޫޅުއްވުމުގެ ވާހަކަތަކެވެ. " ޝަރީއަތުން ނިމިފައިވާ ކަންކަން ޝަރީއަތުން ބޭރުން ހަވަރުއެއްކޮށްގެން ނިންމޭކަށް ނޯންނާނެ! ވެރިކަން ލިބުނީމާ ގާނޫނާއި ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރިކަމެއް. އެހެންބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަންވާނީ ދައުލަތުގެ ނިޒާމުގެތެރެއިން" އަލްހާންގެ ޓްވީޓްގައި ބުނެފައިވެއެވެ.

ރާއްޖޭންބޭރުގައި ނަޝީދު ޕްރޮމޯޓްކުރާމީހުންގެތެރެއިން އިންޑިޔާގެ މީހެއްކަމަށްވާ ރަޖީވް ޝަރުމާވެސް އިންތިޚާބީ ރައީސް ހުވައިނުކުރައްވަނީސް ރައީސް ނަޝީދު ވަޑައިގަންނަވަން އުޅުއްވާ އުޅުއްވުމުގެ ވިޒްޑަމާއިމެދު ސުވާލުކޮށްފައިވެއެވެ.

ހިގާފާނެކަމަށް އޭނާ ލަފާރާގޮތަކީ ނަޝީދު ހައްޔަރުވުމެވެ. ދެން ހަމަނުޖެހުން ހިނގުމެވެ. މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ނަޝީދު އަރިހުން އެދިވަޑައިގަތީ ގާނޫނީ ހައްލެއް ހޯއްދަވައިގެން ނޫނީ ވަޑައިނުގެންނެވުމަށެވެ.

އެނޫންގޮތަކަށް ވަޑައިގެންފިނަ އުފެދޭ ހަމަނުޖެހުންތަކެއްގެ ނަތީޖާއަކަށްވާނީ ޖުޑިޝަރީ އިސްލާހްކުރުމަށް ރައީސް ނަޝީދު އިޝާރާތްކުރައްވާފައިވާ ކަންކަމަށް ސިޔާސަތު އިސްކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް މަޖްބޫރުވެވަޑައިގެންނެވުމެވެ.

ކޮންމެފަދަ އަގެއް އަދާކުރަންޖެހުނަސް ހެޔޮކަމަށް ބައްލަވައިގެންނެވެ. ހަގީގަތުގައި ނަޝީދު ނޮވެމްބަރު އެއްވަނަ ދުވަހު ރާއްޖެވަޑައިގަތުމަށް ނިންމަވައި، ޕާޓީގެ ސަޕޯޓްރުން ނެރުމުގެ ފަހަތުގައިވަނީ މިދެންނެވި ކަންތަކެވެ.

ޖުޑިޝަރީ އިސްލާހްކުރަން އޮތް އެޖެންޑާއަށް މަގުފަހިކުރުމެވެ. ހަމަނުޖެހުންތަކެއްގެ ތެރެއިންކަމަށްވިޔަސް މެއެވެ. މިކަން ޕާޓީގެ އާއްމު ގިނަމެމްބަރުންނަކަށް ނޭގެއެވެ.

ޓްވީޓާގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކޯލިޝަންގައި ހުރި ތަފާތު ޚިޔާލުތަކާއެކުވެސް ޖުޑިޝަރީ އިސްލާހް ކުރެވިދާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. ވަޑައިގަންނަވަން ނިންމެވި ނިންމެވުމާމެދު އުފެދުނު ނުތަނަވަސްކަމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވެފައިވެއެވެ.

ކޮންކަހަލަ އިސްލާހް ތަކެއްބާވައެވެ. ކޯޓްތަކަށް އެމްޑީޕީން ލާންބޭނުންވާ ފަޑިޔާރުން ނުލެވޭހާ ހިނދަކުން އިސްލާހީ ބަދަލެއް ޖުޑިޝަރީއަށް އައިސްފިކަމަށް އެޕާޓީން ގަބޫލުކުރާނެތޯއެވެ. އެމްޑީޕީގެ ސަރުކާރުން ޖުޑިޝަރީއަށް ވައްދަން ބޭނުންވާ ބޭފުޅުން މިހާރުވެސް ފާހަގަކުރެވިފައި އެބަތިއްބެވެ. ގާނޫނީވަކީލް ހުސައިން ޝަމީމް ފަދަ ގާނޫނީ ދާއިރާގެ ފުންނާބު އުސްބޭފުޅުންނެވެ.

އަޑުއިވޭގޮތުން ޖަރުމަންފަދަ ޔޫރަޕްގެ ބާރުގަދަ ބައެއް ގައުމުތަކުންވަނީ އެމްޑީޕީން ގެންނަންބޭނުންވާ މިބަދަލުތަކަށް ތާއީދުކުރަން ނިންމާފައެވެ. މިބަދަލުތައް އައުމުން އިންސާފުގެ މަގަށް ރާއްޖެ ގެންދެވުނީއެވެ.

ކޮންމެއަކަސް މިސަބަބުތަކަށްޓަކައި ނޮވެމްބަރ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު އިއުލާންކުރައްވާފައިވާ ކުރެއްވުމަކީ ވަރަށް ރަނގަޅަށް ރާވައި އޭގެނަތީޖާއަކީވެސް ކޮބައިކަން އެގިވަޑައިގެން ހުންނަވައި ނިންމެވި ނިންމެވުމެއްކަމަށް ނޫންގޮތަކަށް ބުނެވެން އެބައޮތްތޯއެވެ.

އިންސާފުވެރި ހުކުމަކަށްނުވާނަމަ އެކަން ބަދަލުކުރަން އެމަނިކުފާނުގެ ޕާޓީގެ ވެރިކަމުގައި އިންސާފުގެ ދޮރުގައި ޓަކިޖެއްސެވުމެއްނެތިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...