ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް އެމްޑީޕީން ޤާނޫނީ އެހީތެެރިކަން ދެނީ
ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް އެމްޑީޕީން ޤާނޫނީ އެހީތެެރިކަން ދޭން ނިންމައިފިއެވެ.
އެމްޑީޕީން މިފަދައިން ނިންމާފައިވާކަން ހާމަކޮށްފައިވަނީ އެޕާޓީން ކުރި އިއުލާނެއްގައެވެ.
މިގޮތުން އެމްޑީޕީން ބުނީ، ސަރުކާރުގެ ކުންފުނިތަކާއި، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް ނިންމާފައިވާކަމަށެވެ.
އެހެންކަމުން، ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރެވޭ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އެޅޭ މުވައްްޒަފުންގެ ތެރެއިން އެޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން [email protected] އީމެއިލަށް ނުވަތަ 7341637 އަށް ވަޒީފާއާގުޅޭ އެންމެހައި މައުލޫމާތު، ވީ އެންމެ އަވަހަކަށް ވައިބަރ ކުރުމަށް އެޕާޓީން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް